
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ރިޟްވާން މޫސާ - 03 ސެޕްޓެމްބަރު 2026 - 14:19
ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުންނެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށް، ކޯޓު އަމުރުގެ ދަށުން، މާލެ، މައްޗަންގޮޅި ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 20.19 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ނަޖީޙް 15 ދުވަހަށް އަދި އާމިނަތު ޝަހާމާ ޙަމީދު ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލައް ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
15 ގަޑިއިރު ކުރިން

ކައުންސިލް ތަކުގެ މުއައްޒަފުން އެހެން ރަށްރަށުގައި ތިބިގެން މަސައްކަތްކުރެވޭ ގޮތް ހަދައިފި
15 ގަޑިއިރު ކުރިން

އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް 155،700 ރުފިޔާ ދައްކަން ކޯޓުން އަމުރުކޮށްފި
17 ގަޑިއިރު ކުރިން

ނިމިދިޔަ މަހު އެކަނިވެސް 1.9 މިލިއަން ރުފިޔާ ސްކޭމްގެ ގޮތުގައި ރައްޔިތުންގެ އަތުން ގެއްލިއްޖެ!
17 ގަޑިއިރު ކުރިން


