ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުން އޭޝިއާ ގައުމުތަކުން އިތުރު ގޮތްތަކެއް ބަލަނީ!

ރިޟްވާން މޫސާ - 03 ސެޕްޓެމްބަރު 2026 - 11:44
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ބަންދފުކޮށްފައިވާ އީރާނުގެ މަސްލަހަތު އޮންނަ ހުރުމުޒް ކަންޑު އޮޅި ބަންދުކުރުމުގެ ސަބަބުބް އޭޝިއާ ގައުމުތަކަށް ތެލުގެ ރިޒާވް އިތުރު ކުރުމަށްޓަކައި ގޮތްތަކެއް ރާވަމުން އަންނަ ކަމަށް މީޑިޔާ ރިޕޯރޓްތައް ބުނެފި އެވެ.
މި ކާރިސާއާ ގުޅިގެން ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ޖަޕާނުގެ ބޮޑުވަޒީރު ސަނައެ ތަކައިޗީ ވަނީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ޚާއްޞަކޮށް 'ޕަވަރ އޭޝިޔާ' ގެ ނަމުގައި 10 ބިލިޔަން ޑޮލަރުގެ މަޝްރޫޢެއް އެޕްރީލު މަހު އިޢުލާނުކުރައްވާފައެވެ.
ބޭނުންވާ ތެލުގެ ރިޒާވް 25 ދުވަހަށް ބޭނުންވާ މިންވަރަށް ތެޔޮ ރައްކާކޮށްފައި ހުންނަން ޖެހޭނެ ކަމަށް ތައިލެންޑުން ކަނޑައަޅާފައިވާއިރު، މާރިޗު މަހުގެ ކުރީކޮޅު އެ ޤައުމުގައި ރައްކާކޮށްފައި ހުރީ 61 ދުވަހަށް ބޭނުންވާ މިންވަރުގެ ތެލެވެ.
އަދި، ފިލިޕީންސްގެ އަމިއްލަ ކުންފުނިތަކުގައި ހުރީ 50 އާއި 60 ދުވަހަށް ބޭނުންކުރެވޭނެ މިންވަރުގެ ތެލެވެ. މިއީ، ހަކަތައާބެހޭ ބައިނަލްއަޤުވާމީ އޭޖެންސީން (އައިއީއޭ) ކަނޑައަޅާފައިވާ 90 ދުވަހުގެ މިންގަނޑަށްވުރެ މަދު ޢަދަދުތަކެކެވެ. މިއާއެކު، ފިލިޕީންސުން ވަނީ 60 ދުވަހުގެ ރިޒާވެއް އުފެއްދުމަށް ޤާނޫނުން ކަނޑައަޅާފައެވެ.
މޭ މަހާ ހަމައަށް އިންޑިޔާގައި 74 ދުވަހަށް ބޭނުންވާ މިންވަރަށް ތެޔޮ ރައްކާކޮށްފައި ހުރިއިރު، އޭގެ %90 ހިއްސާކުރީ ސަރުކާރު ކުންފުނިތަކުންނެވެ. އެ ޤައުމުން ޖުލައި މަހު ވަނީ 1.75 މިލިޔަން މެޓްރިކް ޓަނުގެ އައު ރިޒާވެއް އިޢުލާނުކޮށް، އިތުރު 6.5 މިލިޔަން މެޓްރިކް ޓަނަށް ރިޒާވް އިތުރުކުރުމަށް ނިންމާފައިވެއެވެ.
މީގެ އިތުރުން، އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) އަބޫ ދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީން ވަނީ އެ ކުންފުނިން އިންޑިޔާގައި ތެޔޮ ރައްކާކުރާ ތެލުގެ މިންވަރު 30 މިލިޔަން ފީފާއަށް އިތުރު ކުރުމަށް ނިންމާފައެވެ.
އަދި، ދެކުނު ކޮރެޔާއިން ދަނީ އެ ޤައުމުގެ 146 މިލިޔަން ފީފާގެ ރިޒާވަށް އިތުރުކުރުމަށް ކުރިން ރޭވި 20 މިލިޔަން ފީފާގެ ބަދަލުގައި، އިތުރު 30 އާއި 40 މިލިޔަން ފީފާ އިތުރުކުރަން ވިސްނަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ނިމިދިޔަ މަހު އެކަނިވެސް 1.9 މިލިއަން ރުފިޔާ ސްކޭމްގެ ގޮތުގައި ރައްޔިތުންގެ އަތުން ގެއްލިއްޖެ!
17 ގަޑިއިރު ކުރިން

ނޭޕާލުން 1130 މީހެއްގެ ހަށިގަނޑު ފެނިއްޖެ! އަދިވެސް 3916 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދަނީ!
18 ގަޑިއިރު ކުރިން

ޕީއެންސީއަށް ވަދެފައި އެޗްއާރަށް އަންގަން ބުނި ސްޓެލްކޯ މުވައްޒަފު ސަސްޕެންޑްކޮށްފި
19 ގަޑިއިރު ކުރިން

ނޭޕާލް ބޯޑަރަށް ދާ މަގު ޗައިނާއިން އަލުން ހަދައިފި
2 ދުވަސް ކުރިން


