
ޗައިނާ-ނޭޕާލް ބޯޑަރާއި ނޭޕާލްގައި ހުރި ރަސުވާގަދީ ބޯޑަރު
ނޭޕާލް ބޯޑަރަށް ދާ މަގު ޗައިނާއިން އަލުން ހަދައިފި

ރިޟްވާން މޫސާ - 02 ސެޕްޓެމްބަރު 2026 - 10:24
ނޭޕާލްގައި ފެންބޮޑުވި ހާދިސާގައި ފުނޑުފުނޑުވި ޗައިނާ އާއި ނޭޕާލްއާ ދެމެދު އޮންނަ ގިރޮންގް ބޯޑަރު ހުރަސްކުރުމަށް ދާ މަގު، ހަފްތާއެއް ތެރޭގައި ޗައިނާއިން ފުރިހަމައަށް އަލުން އާރާސްތުކޮށްފިއެވެ.
ނޭޕާލްގައި މި ހާދިސާ ހިނގީ އެ ގައުމާއި ޓިބެޓް ބޯޑަރު ސަރަހައްދުގެ އުސް ފަރުބަދަތަކުގެ މަތިން މާސިންގާ ގަނޑުފެންގަނޑެއް ކުއްލިއަކަށް ކަނޑައިގެން ގޮސް ވެއްޓި ބޮޑު ކޯރެއްގެ ފެންގަނޑު ފަރުބަދަތަކުގެ ތެރެއިން ދެމިގެން ނުދާ ގޮތަށް ބަންދުވެގެންނެވެ. މިއާއެކު ކުއްލި ފެންބޮޑުވުމެއް ކުރިމަތިވިއެވެ. އެ ހާދިސާގައި ވެސް މުޅި ސަރަހައްދު އެއްކޮށް ހަލާކުވެގެން ދިޔައިރު އެތައް ސަތޭކަ ބަޔަކު މަރުވެ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓާ ސީސީޓީވީން ބުނީ، އެ މަގުގެ އެންމެ ފަހު ބައި މިިއަދޔ އަލުން ހުޅުވާފައިވާ ކަމަށާއި، އަދިވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށް ގިނަ ރެސްކިއު ޓީމުތަކެއް މިހާރު އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފެންބޮޑުވި ހާދިސާގެ ފަހުގެ މައުލޫމާތަށް ބަލާއިރު، ނޭޕާލުގައި 987 މީހުން މަރުވެފައިވާ ކަމަށް ޑިޒާސްޓާ އޮތޯރިޓީން އަންގާރަ ދުވަހު ބުނެފައިވާއިރު، ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ކުރިން ކަށަވަރުކޮށްދިން ގޮތުގައި ޓިބެޓްގައި 16 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު، މި ކާރިސާގައި މަރުވި މީހުންގެ އަދަދު ވަނީ 1،003 އަށް އަރާފައެވެ.
ނޭޕާލުން ގެއްލުނު މީހުންގެ އަދަދު 3،916 އަށް ދަށްވެފައިވާކަން ކަމާ ބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެ އަދަދު ދަށްވެފައި ވަނީ ގެއްލުނު މީހުން ހޯދުމުގެ އޮފަރޭޝަންތައް ފުރިހަމަ ކަމާއެކީ ކުރިއަށް ގެންދިއުމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނަމާލެ ބްރިޖަކީ އިގްތިސާދީ ތަރައްގީގެ ފާލަމެއް: ޗައިނާ ސަފީރު
19 ގަޑިއިރު ކުރިން

ދެކުނު ލުބްނާނުގައި އަމަން ބެލެހެއްޓުމާ އީޔޫން ހަވާލުވަނީ
20 ގަޑިއިރު ކުރިން

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް
20 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ނުރައްކާތެރި ހާދިސާތަކަށް ހޭލުންތެރިވުމަކީ ޤައުމީ އަދި އިންސާނީ ވާޖިބެއް: ރައީސް
ދުވަހެއް ކުރިން


