logo

ސިނަމާލެ ބްރިޖަކީ އިގްތިސާދީ ތަރައްގީގެ ފާލަމެއް: ޗައިނާ ސަފީރު

profile

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 10:31

ސިނަމާލެ ބްރިޖް އަކީ ހަމައެކަނި ތިން ރަށެއް ގުޅުވައިދިން ފާލަމެއް ނޫން ކަމަށާއި، އެއީ ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި އުމްރާނީ ތަރައްގީގެ މުހިންމު ބިންގަލެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މާލެ، ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅުވާލަދިން މި ބިޔަ މަޝްރޫޢަށް އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، މި ސަރަޙައްދުގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖްގެ ސަބަބުން ދަތުރުފަތުރުގެ ލުއިފަސޭހަކަން އާންމު ދިރިއުޅުމުގެ މުހިންމު ބަޔަކަށް މިހާރު ވެފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖް ވުޖޫދުވުމުގެ ކުރިން ފެރީގެ ނިޒާމަށް ބަރޯސާވާން ޖެހުމުގެ ސަބަބުން ދަތުރަކަށް 40 އާއި 60 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވި ނަމަވެސް، އަދި މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއެރި ނަމަވެސް، ބްރިޖާއެކު މިހާރު އެ ދަތުރުތައް އެންމެ ފަސް މިނެޓަށް ކުރުވެގެން ގޮސްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސިނަމާލެ ބްރިޖުގެ ސަބަބުން ވެރިރަށް މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ހުޅުމާލެ ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްގީވެ، ސިއްހީ، ތައުލީމީ އަދި ވިޔަފާރީގެ ދާއިރާތައް ފުޅާވެ، އެތައް ވަޒީފާއެއް އުފެދުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ހަމައެއާއެކު، ބްރިޖުގެ ދިގު މުއްދަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދެ ގައުމު ގުޅިގެން ބްރިޖް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށްގެންދާކަންވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319