logo

ވިއެޓްނާމާއި ރާއްޖޭގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ޔަޤީންކަން އެބައޮތް : އިރުތިޝާމް

profile

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 14:32

ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު މިހެން ވިދާޅުވީ، ވިއެޓްނާމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ލީ ހޮއެ ޓްރަންގް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

އެ މެސެޖުގައި ވަޒީރު ވަނީ، ވިއެޓްނާމުގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ، އެ މަނިކުފާނަށާއި ވިއެޓްނާމުގެ ސަރުކާރަށް އަދި އެކުވެރި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަރިސްކުރައްވާފައެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ އަގު ދިވެހިރާއްޖެއިން އަބަދުވެސް ވަޒަންކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި މި ގުޅުން އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މެސެޖު ނިންމަވާލައްވަމުން ވަޒީރު އިރުތިޝާމް ވަނީ، ވިއެޓްނާމުގެ ޚާރިޖީ ވަޒީރަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީއަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ދާއިމީ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

https://wamco.com.mv/
tel:+9607331319