
ނާސަރީ އަޅަން 5 ރަށަކަށް މާލީ އެހީ ދީފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 14:32
ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ކުރިއަށްގެންދާ ޤައުމީ މަޝްރޫޢަށް ބޭނުންވާ ގަސް އާލާކުރުމަށްޓަކައި، ރަށްރަށުގައި ނާސަރީ ޤާއިމުކުރުމަށް އިތުރު 10 ރަށެއްގެ ކައުންސިލަށް މާލީ އެހީ (ގްރާންޓް) ހަމަޖައްސައިދީފިއެވެ.
މި އެހީ ދިނުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެހީ ލިބުނު ރަށްތަކުގެ ކައުންސިލްތަކާއެކު ވަނީ ރަސްމީކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ނާސަރީ ޤާއިމުކުރުމުގެ މާލީ އެހީ ހަމަޖެހިފައިވާ ރަށްތަކަކީ:
ހދ. ނޮޅިވަރަން
ކ. ހިންމަފުށި
އދ. ދިއްދޫ
ފ. ދަރަނބޫދޫ
ދ. މީދޫ
ލ. ފޮނަދޫ
ލ. ހިތަދޫ
ގދ. ވާދޫ
ޏ. ފުވައްމުލައް ސިޓީ
ސ. މީދޫ
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން އާންމު ގަސްގަހާގެއްސާ އެކު، މޭވާ އަޅާ ގަސްތައް އިންދުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
ނާސަރީ ގާއިމުކުރުމަށް ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ ކަނޑައެޅިފައިވާ ހާއްސަ މިންގަނޑުތަކަށް ފެތޭ، އަދި މި މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭ ކައުންސިލްތަކަށް ކަމަށާއި، މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ،
ގުޅުން ހުރި ޙަބަރުތައް

ނިމިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކަ ނުވަދިހަ ހަތްހާހަށް ވުރެ މައްޗަށް އަރައިފި
2 ގަޑިއިރު ކުރިން

ވިއެޓްނާމާއި ރާއްޖޭގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ޔަޤީންކަން އެބައޮތް : އިރުތިޝާމް
2 ގަޑިއިރު ކުރިން

ނައިބު ރައީސް ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައިފި
2 ގަޑިއިރު ކުރިން

ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޮނުވައިފި
3 ގަޑިއިރު ކުރިން


