logo

ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޮނުވައިފި

profile

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 12:50

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ލިބިފައިވާ ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޮނުވައިފިއެވެ.

https://wamco.com.mv/

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކުރަން ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެމްއޯޔޫގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އިން ވަނީ ރާއްޖެއަށް 100,000 ޔުއާންގެ ހިލޭ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހިލޭ އެހީގެ ދަށުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހިމެނޭ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ ރަށްރަށުގައި އާއްމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ކޫޑި އާއި ހުވަނި ފަދަ ތަކެތި އެޅުމުގެ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަންކަމުން ސަލާމަތްވާން އެހީތެރިކަން ހޯދަން އެދޭ މިންވަރު ދުވަހެއް ދުވަހަށް އިތުރުވަމުންދާ ކަަމަށްވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ފާޙަގަކޮށްފައެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން އެހީގެ ގޮތުގައި ފޯރުކޮށްދިން ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ތަކުގެ ސަބަބުން ގަސްތަކުގައި އަޅާ ކޫޑި އާއި ހުވަނި ފަދަ ތަކެތި ނައްތާލަން ކުރިއަށް އޮތް ތަނުގައި ފަސޭހަވެގެންދާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަށްރަށުގައި ރަށު ފެންވަރުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން އެ ރަށްރަށުގައި ވަސީލަތްތައް ގާއިމްވެފައި ހުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ޗައިނާ ސަރުކާރުން ފޯރުކޮށްދީފައިވާ ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހުރިހާ އަތޮޅަކަށް ހަވާލްކުރެވިފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މިގޮތުން މާެލެއަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކާއި (ކުރީގެ އަތޮޅު ކައުންސިލްތައް) ވަނީ ހަވާލުކުރެވިފައިވާ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރައިން ވަނީ ބުނެފައެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އޮފީސްތަކާއި އެތަކެތި ހަވާލްކޮށްފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ހާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ބޮޑެތި ގަސްތަކަށް ޖަހާ ސްޕްރޭޔަރ ހަވާލްކޮށްފައިވާ އަތޮޅުތަކާއި ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ ހދ. ކުޅުދުއްފުށި ށ. ފުނަދޫ ނ. މަނަދޫ ރ. އުނގޫފާރު ބ. އޭދަފުށި ޅ. ނައިފަރު ކ. ތުލުސްދޫ އއ. ރަސްދޫ އދ. މަހިނބަދޫ ވ. ފެލިދޫ މ. މުލި ފ. ނިލަންދޫ ދ. ކުޑަހުވަދޫ ތ. ވޭމަންޑު ލ. ފޮނަދޫ ގއ. ވިލިނގިލި ގދ. ތިނަދޫ ގެ އިތުރުން ފުވައްމުލައް ސީޓ އާއި ސ. ހިތަދޫ، އައްޑޫ ސިޓީ ކައުންސިލް ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319