
ހުސްވި މަހު މިފްކޯއިން މަސްވެރިންނަށް 29 މިލިއަން ރުފިޔާ ދޫކޮށްފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 12:49
ހުސްވި މަހު މަސްވެރިންނަށް 29 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ.
މިފްކޯ އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ހުސްވި އޯގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް ވަނީ 29،986،550.00 ރުފިޔާ ދޫކޮށްފައެވެ.
މިފްކޯ އަށް ހުސްވި މަހު މަސްކިރުވި ގޮތުގެ ތަފްސީލަށް ބަލާއިރު ހުސްވި މަހުގައި މިފްކޯއަށް 535 ދޯންޏަކުން 1488.30ޓަނު މަސް ވަނީ ކިރުވާފައެވެ.
މިފްކޯއަށް ހުސްވި މަހު މަސްކިރުވި ދޯނިތަކުން އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަ މަހެވެ. އެގޮތުން 1464.0 ޓަނުގެ ކަޅުބިލަ މަސް ހުސްވި މަހު މިފްކޯއަށް ވަނީ ކިރުވާފައެވެ.
ކަޅުބިލަ މަހަށްފަހު އެންމެ ގިނައިން ކިރުވާފައިވަނީ ކަންނެލި މަހެވެ.
ހުސްވި މަހުގެ ތަފާސް ހިސާބުން ދައްކާ ގޮތުން 10 ކިލޯ އިން މަތީގެ 13.3 ޓަނާއި 15 ކިލޯއިން މަތީގެ 10.9 ޓަނުގެ ކަންނެލި މިފްކޯއަށް ވަނީ ކިރުވާފައެވެ.
މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
އޭޕްރިލް މަހުގައި މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯގެ ހާލަތު ރަނގަޅުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ދާދި ފަހުން މިފްކޯ އަށް ވަނީ އައު ޗެއަރޕާސަން އެއް އައްޔަނުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޮނުވައިފި
ގަޑިއިރެއް ކުރިން

ބާރު ސްޕީޑްގަިއ ދުއްވަނީ ކީއްވެ؟ މިއަހަރުގެ މިހާތަނަށް ހުޅުމާލެއިން 1200 އަށް ވުރެ ގިނަ އެކްސިޑެންޓް!
2 ގަޑިއިރު ކުރިން

އަންހެން ކޮއްކޮއަށް އަނިޔާކުރި މީހަކު ޖޫރިމަނާކޮށްފި
2 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖަކީ އިގްތިސާދީ ތަރައްގީގެ ފާލަމެއް: ޗައިނާ ސަފީރު
4 ގަޑިއިރު ކުރިން


