logo
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް

ޔަހޫދީންނަށް ރަސްމާލެ ދިނުމާ މެދު ކަންބޮޑުވާ ޢިލްމުވެރިންގެ ޢަދަދު 90 އަށް ވުރެ މައްޗަށް އަރައިފި

profile

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 11:52

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުގެ ގޮތުގައި ފަށައިގެން ކުރިއަށްގެންދާ "ރަސްމާލެ" ހިއްކުމުގެ މަޝްރޫޢުގެ ބޮޑު ބައެއް، ޔަހޫދީންނާ ގުޅުން އޮންނަ ވިޔަފާރިވެރިއަކަށް ދިނުމަށް ނިންމާފައިވާ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ޢަދަދު 90 އަށް ވުރެ މައްޗަށް އަރައިފިއެވެ.

https://wamco.com.mv/

މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

View post on Twitter

ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ، ޔަހޫދީންގެ މަޞްލަޙަތު އޮންނަ އަދި ޔަހޫދީ އޭޖެންޓެއް ކަމަށް ބެލެވޭ މުޙައްމަދު އަލައްބާރަށް ރަސްމާލެއިން ބިން ދިނުމާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން މި ނިންމުން ބަދަލުކުރުމަށް ގޮވާލާ ޢިލްމުވެރިންގެ ޢަދަދު މިހާރު 90 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. މި މައްސަލައިގައި ސަރުކާރުން ވަގުތުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ވެސް ޢިލްމުވެރިން ފާހަގަކުރައްވައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީކުރަމުން އަންނަ ރަސްމާލެ މަޝްރޫޢުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ބިމެއް، 99 އަހަރުގެ ދިގު މުއްދަތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ މަހުޖަނު މުޙައްމަދު އަލައްބާރުގެ ހިއްސާ އޮންނަ އީގަލް ހިލްސް ކުންފުންޏަށެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ބޭރުގެ އެއްވެސް ފަރާތަކަށް މިހާ ބޮޑު ބިމެއް މިހާ ދިގު މުއްދަތަކަށް ދޭ ފުރަތަމަ ފަހަރެވެ.

މި ނިންމުމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށާއި، އިސްތިޤްލާލަށާއި، މިނިވަންކަމަށް އޮތް ފޫނުބެއްދޭ ވަރުގެ ބޮޑު ނުރައްކަލެއް ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ. ޚާއްޞަކޮށް، އަލައްބާރަކީ އިސްރާއީލުގެ އިސްވެރިންނާ އަދި ޔަހޫދީ ޖަމާޢަތްތަކާ ގާތްގުޅުމެއް ބާއްވާ، ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ވާގިވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމުގެ ތުހުމަތު އޮތް މީހަކަށް ވާއިރު، ސައްތައިން ސައްތަ މުސްލިމް މި ޤައުމުގެ ބިން އޭނާގެ ކުންފުންޏަށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޢިލްމުވެރިންނާއި ޢާންމު ރައްޔިތުން ވެސް އަންނަނީ ބުނަމުންނެވެ.

މިކަމާ ދެކޮޅަށް ސިޔާސީ ޕާޓީތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކުން އަދި ޤައުމުގެ ޙައްޤުގައި ވަކާލާތުކުރާ ގިނަ ފަރާތްތަކަކުން އަޑުއުފުލަން ފަށާފައިވާއިރު، މިއީ މުޅި ޤައުމު އެކަތިގަނޑަކަށް ވެ، އެއް އަޑަކުން ދެކޮޅުހަދަންޖެހޭ ޤައުމީ ބޮޑު މައްސަލައެއް ކަމަށް ޢާންމުން ދަނީ ބުނަމުންނެވެ.

ރަސްމާލެއިން ބޮޑު ބިމެއް ޔޫއޭއީގެ ކުންފުންޏަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާއި ޕްރެޝަރު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

https://wamco.com.mv/
tel:+9607331319