
"5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢު" ގެ ދަށުން، ރ. އުނގޫފާރުގައި ގަސް އިންދުމުގެ ބޮޑު ޙަރަކާތުގެ ތެރެއިން، ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އުނގޫފާރުގައި ބޮޑު ހަރަކާތެއް!

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 12:54
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢު" ގެ ދަށުން، ރ. އުނގޫފާރުގައި ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކާމިޔާބުކަމާއެކު މިއަދު ބާއްވައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ޚާއްޞަ ޙަރަކާތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ރ. ވަންދޫ ޓީމާއި، ރ. އުނގޫފާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އެ ރަށުގެ ޢާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމާއި، އުނގޫފާރުގެ ވެށި އިތުރަށް ފެހިކޮށް، މޫސުމީ ބަދަލުތަކުން ރަށް ރައްކާތެރިކުރުމެވެ. މި ހަރަކާތުގެ ދަށުން އުނގޫފާރުގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ގަސް ވަނީ އިންދާފައެވެ.
މި ޙަރަކާތުގައި އުނގޫފާރުގެ ކައުންސިލާއި، ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި، ސްކޫލް ދަރިވަރުން އަދި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަރަށް ފޯރިއާއެކު ބައިވެރިވެ، އެއްބައިވަންތަކަން ދައްކުވައިދީފައިވެއެވެ. މިއީ ތިމާވެށީގެ ދުޅަހެޔޮކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ޤައުމީ ފެންވަރުގައި ކުރިއަށްދާ މި މުހިންމު މަޝްރޫޢުގައި ރައްޔިތުންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ތަޣައްޔަރުވުމާއި ގުޅިގެން ސަމާލުވާން އިލްތިމާސްކޮށްފި
ގަޑިއިރެއް ކުރިން

ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފި
ގަޑިއިރެއް ކުރިން

ޔަހޫދީންނަށް ރަސްމާލެ ދިނުމާ މެދު ކަންބޮޑުވާ ޢިލްމުވެރިންގެ ޢަދަދު 90 އަށް ވުރެ މައްޗަށް އަރައިފި
2 ގަޑިއިރު ކުރިން

ތިން އަހަރުގެ ބަޖެޓުން އެތައް މިލިއަނެއް ޚަރަދުކުރި ނަމަވެސް އެންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމެއް ނުލިބޭ: އައްބާސް
3 ގަޑިއިރު ކުރިން


