logo
މާލޭގެ ކިންގ ސަލްމާން މިސްކިތް، ވައި ނުސާފްކޮށް ހުއްޓާ ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގެ ކިންގ ސަލްމާން މިސްކިތް، ވައި ނުސާފްކޮށް ހުއްޓާ ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ތަޣައްޔަރުވުމާއި ގުޅިގެން ސަމާލުވާން އިލްތިމާސްކޮށްފި

profile

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 12:55

ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެ، ދުރު ފެންނަ މިންވަރު ކުޑަވުމާ ގުޅިގެން ޞިއްޙީ ގޮތުންނާއި ދަތުރުފަތުރުގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން މިއަދު އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މި ދުވަސްވަރު ރައްޔިތުންގެ ސަލާމަތަށް ފިޔަވަޅު އެޅުމަށް ނަސޭހަތްތެރިވެފައެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށާއި، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެއަރ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ގެ އެންމެ ފަހުގެ ރެކޯޑުތަކަށް ބަލާއިރު، ރާއްޖެއިން އެންމެ ވައި ސާފު ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 56 ގެ ރޭޓިންގއަކާއެކު އައްޑޫ ސިޓީއެވެ. އެހެން ރަށްތަކުގެ ނިސްބަތަށް ބަލާއިރު، ފުވައްމުލައް ސިޓީގެ އިންޑެކްސް 60 ގައި ހުރިއިރު، ލ. ފޮނަދޫގެ މިންވަރު ހުރީ 77 ގައެވެ. އަދި ދ. ކުޑަހުވަދޫގެ އިންޑެކްސް 88 ގައި އަދި ށ. ފުނަދޫ 94 ގައި ހުރިއިރު، އެންމެ ވައި ނުސާފު ސަރަޙައްދެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 119 ގެ އިންޑެކްސްއަކާއެކު މާލެ ސަރަހައްދެވެ.

މޫސުމީ މިންގަނޑުތަކަށް ބަލާއިރު، ވައިގެ ނުސާފުމިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ޕީއެމް 2.5 ގެ މިންވަރު މަތިވެފައިވާއިރު، މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ އަހަރީ މިންގަނޑަށްވުރެ ބޮޑުތަނުން އިތުރު އަދި އާންމު ސިއްހަތަށް ނުރައްކާ އޮތް އަދަދެކެވެ. މެދުރާއްޖެތެރެއާއި އުތުރުގެ ގިނަ އަތޮޅުތަކަށް ދުންފުހުގެ ބޯ އަސަރު ފޯރަމުންދާއިރު، ދެކުނުގެ ސަރަހައްދުތަކުގައި މި ހާލަތު އޮތީ ނިސްބަތުން ރަނގަޅު ފެންވަރެއްގައެވެ.

މީގެއިތުރުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ، ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް ދަތުރުފަތުރުގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.

https://wamco.com.mv/
tel:+9607331319