
Photo: internationaldriversassociation.com
ބާރު ސްޕީޑްގަިއ ދުއްވަނީ ކީއްވެ؟ މިއަހަރުގެ މިހާތަނަށް ހުޅުމާލެއިން 1200 އަށް ވުރެ ގިނަ އެކްސިޑެންޓް!

ރިޟްވާން މޫސާ - 02 ސެޕްޓެމްބަރު 2026 - 11:59
މާލެ ސަރަޙައްދުގެ މަގުތަކުގައި ދުއްވާ އުޅަންދުފަހަރު އިތުރުވެ، މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މުޅި ރާއްޖެއަށް ބަލާއިރު ނުރައްކާތެރި އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާ ސަރަޙައްދެއްގެ ގޮތުގައި ހުޅުމާލެ ފާހަގަކުރެވިފަ އެވެ.
މިއީ ވަރަށް ވެސް ކުޑަ ކުޑަ ޖާގައެެއް އޮންނަ ކުޑަ ކުޑަ ތަނެކެވެ. ދުއްވަން އެހައި ބޮޑެތި ހައިވޭތަކެއް ނޫނީ ފުޅާ މަގުތަކެއްވެސް ހުރި ތަނެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ހައިވޭ ތަކުގައި ބޮޑެތި އެކްސިޑެންޓްތައް ވެސް ހިނގައިގެން އުޅޭތަން ފެނެ އެވެ. އެކަމަކާއި މި ރާއްޖޭގެ ހިނގަމުންދާ އެކްސިޑެންޓް ތަކާއި ހަމަހަމަ ކުރަން ނޫޅެމާ ހެއްޔެވެ.؟ އެއީ ބޮޑެތި ހައިވޭތަކެވެ. ދުއްވާނެ ބޮޑެތި ޖާގަތައް އޮންނަ ތަންތަނެވެ. މީހުންނާއި ދުއްވާ ވެހިކަލްތަކާއި އާބާދީ ވެސް އެހައި ބޮޑެތި ތަންތަނެވެ. އަޅުގަނގަޑުމެންގެ މި ކުޑަ ކުޑަ ރާއްޖޭގައި ބޮޑެތި އެކްސިޑެންޓްތައް ހިނގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަގުބޮޑު ކާރުތައް ފުނޑު ފުނޑު ވުމުން އެއިގެން މި ހާސިލް ކުރެވުނީ ކޮން އެއްޗެއްތޯ އެވެ.
ގެންގުޅުނު އަގުހުރި މިލިއަނުން ގުނާލެވުނު ކާރު އަތުން ބީވެ ގެއްލި ނުކުޅެދޭ ހާލުގައި ބަލި އެނދުގައި ފަރުވާ ކުރަން ޖެހުން މިއީ ހިތާމަހުރި ކަމެއް ނޫން ހެއްޔެވެ. ހުސް އެކަނި ނިމިގެން ދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާލަމާ ހެއްޔެވެ.؟ މަހެއްގެ މައްޗަށް އެންމެ މަދުވެގެން 200 އަށް ވުރެ ގިނަ އެކްސިޑެންޓްތައް އެ ހިނގަނީ ހުޅުމާލެއިންނެވެ. ދާން އޮތްތަން މާދުރެއް ވެސް ނޫނެވެ. އެހެން ނަމަވެސް ވިސްނުމެއްނެތި ދުއްވުމުގެ ސަބަބުން މުޖުތަމައު އާއި އެންމެން ދޫކޮށް މާދުރައް ދާން ޖެހެނީ ނޫން ހެއްޔެވެ.؟
ތިމާ ދުއްވަމުން އަންނަ އުޅނަދު ތިމާގެ އެއްވެސް ބާރެއް ކޮންޓްރޯލެއް ނެތި ދުއްވަމުން އައުމުގެ ސަބަބުން ތިމާގެ އެންމެ ލޯބިވާ ދަރިފުޅާއި މައިންބަފައިން އަދި އާއިލާގެ މެންބަރުންނާއި ވަކިވެ ރައްޓަހިންނާއި، އެއްކުރި މުދަލާއި، ތަކެތި ދޫކޮށް ދާންޖެހުމަކީ މިއަދު މުޖުތަމައުގައި ވިސްނައި ފިކުރުކޮށްލަންޖެހޭ ވަރުގެ ހަގީގަތެކެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވާ އެންމެ ބޮޑު ސަބަބެއް ކަމުގައި ވެސް ވެފައި އޮންނަނީ ދުއްވަމުން އަންނަ އުޅަނދު ތިމާގެ ބާރުގެ ދަށުން ނެއްޓި އޭގެ އަމިއްލަ މިޝްރާބު ނަގަންޖެހޭ ދަރަޖަައަށް ދިއުން ކަމަށް ބެލެވިފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ހުޅުމާލޭގައި 1,200 އަށްވުރެ ގިނަ އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުން އެއްކޮށްފައިވާ މައުލޫމާތު ތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު މުޅި ރާއްޖޭގެ ނިސްބަތުން ވެސް ޖުމްލަ 2018 އަށް ވުރެ ގިނަ އެކްސިޑެންޓްތައް ރިޕޯރޓް ކޮށްފައިވެ އެވެ. މި އެކްސިޑެންޓް ތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން އަދި އެންމެ ނުރައްކާތެރިކޮށް ދުއްވުމުގެ މައްސަލަތައް ވެސް ފެންމަތިވެފައިވަނީ ހުޅުމާލެއިން އަދި މާލެ އާޢި ހުޅުމާލެ ގުޅުވާލަދޭ ސިނަމާލެ ބްރިޖުގެ މަތިންކަން ފާހަގަކޮށްލެވެ އެވެ.
ރިކޯޑް ކުރެވިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖޭގެ އެކްސިޑެއންޓް ތަކުގެ 64 އިންސައްތަ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގަ އެވެ. އެއީ 1295 އެކްސިޑެންޓެވެ. މި އެކްސިޑެންޓުތަކުގައި އެތަކެއް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު އެކްސިޑެންޓް ތަކުގައި އަނިޔާވި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
ތިމާ އަކީ ކިތަންމެ ފަރިތަ އަދި ކިތަންމެ ކުޅަދާނަ މީހެއް ކަމުގައިވިނަމަވެސް ދެން ހުންނަ މީހާގެ ނުފަރިތަކަމާއިމެދު ވިސްނާލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. މިއަދު ޓްރެންޑަކަށް ހަދަންވީ ކަމަކީ މަގުމަތީގެ ގަވައިދުތަކަށް ފުރިހަމަ އަށް ބޯލަނބައި ކިޔަމަންތެރި ކަމާއެކު ދުއްވުން ކިހިނެއްވާނެތޯ އެވެ؟ އޭރުން އެކްސިޑެންޓްތައް ހިނގުން މަދުވެ އަމާން ވެއްޓެއް ލިބުނީ ނޫން ހެއްޔެވެ.؟
ގުޅުން ހުރި ޙަބަރުތައް

ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޮނުވައިފި
ގަޑިއިރެއް ކުރިން

ހުސްވި މަހު މިފްކޯއިން މަސްވެރިންނަށް 29 މިލިއަން ރުފިޔާ ދޫކޮށްފި
ގަޑިއިރެއް ކުރިން

އަންހެން ކޮއްކޮއަށް އަނިޔާކުރި މީހަކު ޖޫރިމަނާކޮށްފި
2 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖަކީ އިގްތިސާދީ ތަރައްގީގެ ފާލަމެއް: ޗައިނާ ސަފީރު
4 ގަޑިއިރު ކުރިން


