
ނިމިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކަ ނުވަދިހަ ހަތްހާހަށް ވުރެ މައްޗަށް އަރައިފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 14:32
ވޭތުވެދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 197،000 އިން މައްޗަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.1 އިންސައްތައިގެ އިތުރުވުމެއް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 197،000 އަށްވުރެ މައްޗަށް އަރާފައެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ 197,640 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 193,529 ފަތުރުވެރިންނާ އަޅާބަލާއިރު 2.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޗުއްޓީ ހޭދަކުރުމަށް އައި މީހުންނެވެ. އެއީ ޖުމްލަ 195,390 ފަތުރުވެރިންނެވެ. މީގެއިތުރުން، ވިޔަފާރި ބޭނުންތަކަށް 2,244 ފަތުރުވެރިން އަދި ކްރޫޒްލައިނާތަކުގައި 6 ފަތުރުވެރިން މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ނިމިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، މުޅި އަހަރުގެ ޖުމްލަ އަދަދަށް ބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަދިވެސް އުޅެނީ ނިސްބަތުން ދަށުގައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 1,456,930 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,513,066 ފަތުރުވެރިންނާ އަޅާބަލާއިރު 3.7 އިންސައްތައިގެ ދަށްވުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވިއެޓްނާމާއި ރާއްޖޭގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ޔަޤީންކަން އެބައޮތް : އިރުތިޝާމް
2 ގަޑިއިރު ކުރިން

ނާސަރީ އަޅަން 5 ރަށަކަށް މާލީ އެހީ ދީފި
2 ގަޑިއިރު ކުރިން

ނައިބު ރައީސް ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައިފި
2 ގަޑިއިރު ކުރިން

ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޮނުވައިފި
3 ގަޑިއިރު ކުރިން


