
ނައިބު ރައީސް ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 14:31
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، އެކަންކަން ހާސިލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ނައިބު ރައީސް އާއި ހިއްސާ ކުރައްވާފައެވެ.
މިގޮތުން މަގު ހެދުމާއި ސުކޫލުގެ އާ އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގެ ބަނދަރު އަޕްގުރޭޑްކުރުމާއި، ފުލުހުންގެ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދެއްވުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ގެ ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަގީ ންކަން ކައުންސިލުގެ މެންބަރުންނަށް އެމަނިކުފާނު ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ނިމިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކަ ނުވަދިހަ ހަތްހާހަށް ވުރެ މައްޗަށް އަރައިފި
2 ގަޑިއިރު ކުރިން

ވިއެޓްނާމާއި ރާއްޖޭގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ޔަޤީންކަން އެބައޮތް : އިރުތިޝާމް
2 ގަޑިއިރު ކުރިން

ނާސަރީ އަޅަން 5 ރަށަކަށް މާލީ އެހީ ދީފި
2 ގަޑިއިރު ކުރިން

ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޮނުވައިފި
3 ގަޑިއިރު ކުރިން


