logo

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

profile

އާމިނަތު ޝަޒްލާ - 14 ސެޕްޓެމްބަރު 2026 - 13:14

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ބުލީކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

https://wamco.com.mv/

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި އެއް ވީޑިއޯއިން ފެންނަނީ ތިން ފިރިހެން ކުދިން ވެގެން، ކުޑަ ފިރިހެން ކުއްޖެއްގެ މޫނުމަތީގައި ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން މުހާތަބުކޮށް އެއްޗެހި ކިޔާ މަންޒަރެވެ. މީގެއިތުރުން، އެ ހުރިހާ ކުދިންގެ ފައިގައި އަތްލައި މާފަށް އެދުމަށް އެ ކުއްޖާއަށް މަޖުބޫރުކުރާ އަޑުވެސް ވީޑިއޯއިން އިވެއެވެ. އާންމުވެފައިވާ އިތުރު ވީޑިއޯތަކުން ވެސް އެ ކުއްޖާ ރޯން ހުއްޓައި، މޫނުމަތީގައި ތަކުރާރުކޮށް ޖަހައި އަނިޔާކުރާ މަންޒަރު ފެނެއެވެ.

މި މައްސަލައާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، އަޕާ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުންނާއި، ކުއްޖާގެ އައިޑެންޓިޓީ ހާމަވެދާނެތީ، އެ ހާދިސާއާ ގުޅޭ އެއްވެސް ވީޑިއޯއެއް ނުވަތަ މައުލޫމާތެއް ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ވީޑިއޯތައް އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، ބުލީކުރި ކުދިންނަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މީގެއިތުރުން، މިފަދަ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ބުލީ ކުރުމުގެ ސީރިއަސް މައްސަލަތައް ޖެންޑާ މިނިސްޓްރީ ފަދަ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި ނުބަލާ ކަމަށް ބުނެ، ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުމާއި ޝަކުވާ ފާޅުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319