
ރައީސް އޮފީހުގެ އިސް ދެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 14 ސެޕްޓެމްބަރު 2026 - 16:07
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ދެ މަގާމަކަށް މިނިސްޓަރުގެ ފެންވަރުގައި ދެ ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ކެއަރ ސަރވިސަސްގެ މަގާމަށް ޢައްޔަންކުރެއްވީ ގ. ފިނިވިލު، އަލްފާޟިލް މުހައްމަދު ތަލާލް އެވެ،
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ، ޝިފާ، އަލްފާޟިލް އަހްމަދު ހަބީބު ވަނީ ޢައްޔަންކުރައްވާފައެވެ.
މީގެ ކުރިން މި މަގާމުގައި ހުންނެވީ އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ކެއަރ ސަރވިސަސްގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ތަލާލަކީ، ދައުލަތަށާއި ކުޅިވަރުގެ ދާއިރާއަށް ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
މި މަގާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުގައެވެ.
މީގެއިތުރުންވެސް، ތަލާލް ވަނީ ސަރުކާރުގެ މުހިއްމު އެކި މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުކަމާއި، އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަދި ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަން ހިމެނެއެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރެއްވި ހަބީބަކީ، މީގެ ކުރިން ވިލާ އެއާގެ ޖެނެރަލް މެނޭޖަރުކަމުގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެއިތުރުން، އެމަނިކުފާނު ވަނީ ވިލާ ހަކަތައިގެ މެނޭޖަރުކަމާއި ވިލާ އެއާގެ ކާޑެއްދޫ އެއާޕޯޓުގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ހަބީބް މަތީ ތައުލީމު ހާސިލުކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީން، މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިންނެވެ.
ގުޅުން ހުރި ޙަބަރުތައް

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
25 މިނިޓު ކުރިން
.webp&w=3840&q=75)
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ ފޯމް!
3 ގަޑިއިރު ކުރިން

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104.4 މިލިއަން ރުފިޔާ!
3 ގަޑިއިރު ކުރިން

ހިމަބިހި ޖެހިގެން އެމެރިކާއިން އިތުރު މީހަކު މަރުވެއްޖެ
3 ގަޑިއިރު ކުރިން


