
ހިމަބިހި ޖެހިގެން އެމެރިކާއިން އިތުރު މީހަކު މަރުވެއްޖެ

މުޙައްމަދު ފަޟްލޫން - 14 ސެޕްޓެމްބަރު 2026 - 13:15
ހިމަބިހި ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އެމެރިކާގެ އަންހެނެއްގެ ހާލު ސީރިއަސްވެގެންގޮސް މަރުވެއްޖެއެވެ.
ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 40 އަހަރުގެ މި އަންހެން މީހާ ނިޔާވީ އިއްޔެގެ ވަގުތެއްގައި އެމެރިކާގެ ޕެންސިލްވީނިއާގައެވެ.
މިއީ މި ހިނގާ އަހަރުގެ ތެރޭގައި އެމެރިކާއިން ހިމަބިހި ޖެހިގެން މަރުވި ދެވަނަ މީހާއެވެ.
މި ބަލީގައި މިއަހަރު އެމެރިކާއިން ފުރަތަމަ މީހަކު މަރުވެފައިވަނީ ވޭތުވެދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ މީހާވެސް މަރުވެފައިވަނީ ޕެންސިލްވީނިއާ ސްޓޭޓުންނެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޕެންސިލްވީނިއާއިން އެކަނިވެސް 676 މީހަކަށް ހިމަބިހި ޖެހިފައިވެއެވެ. އަދި އޭގެ ތެރެއިން ހާލަތު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 124 މީހަކަށް ވަނީ ފަރުވާ ދީފައެވެ.
މީޑިއާތަކުން އިތުރަށް ބުނެފައިވަނީ، ޕެންސިލްވީނިއާގެ ތެރެއިން ހިމަބިހީގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވަނީ ޖެފާސަން ކައުންޓީގައެވެ. އެހެންކަމުން، އެ ސަރަހައްދުގެ ހާލަތު ކަމާބެހޭ ސިއްހީ އިދާރާތަކުން އަންނަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
35 މިނިޓު ކުރިން

ރައީސް އޮފީހުގެ އިސް ދެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު އައްޔަނުކޮށްފި
35 މިނިޓު ކުރިން
.webp&w=3840&q=75)
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ ފޯމް!
3 ގަޑިއިރު ކުރިން

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104.4 މިލިއަން ރުފިޔާ!
3 ގަޑިއިރު ކުރިން


