
ރައީސް ޑރ މުހައްމަދު މުއިއްޒު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އާއި ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

މުޙައްމަދު ފަޟްލޫން - 14 ސެޕްޓެމްބަރު 2026 - 16:07
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މި މަހުގެ 14 އިން 15 އަށް ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މެލޭޝިއާގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ސްކޫލް ކުދިންގެ ހާއްސަ ސަގާފީ ހަރަކާތްތަކެއް ވަނީ ހުށަހަޅައިދީފައެވެ.
މި ދަތުރުފުޅަކީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެމަނިކުފާނަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު، ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުވަޒީރު އަންވަރުގެ ދަޢުވަތަކަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައި، އެކްސްޗޭންޖް އޮފް ނޯޓްސް (އީއޯއެން) ބަދަލުކުރައްވާފައިވެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2017 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އޭރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ކުރެއްވި އެ ދަތުރުފުޅުގައި ވެސް ސިއްހީ ދާއިރާ ހިމެނޭހެން މުހިއްމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް އޮފީހުގެ އިސް ދެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު އައްޔަނުކޮށްފި
22 މިނިޓު ކުރިން
.webp&w=3840&q=75)
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ ފޯމް!
3 ގަޑިއިރު ކުރިން

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104.4 މިލިއަން ރުފިޔާ!
3 ގަޑިއިރު ކުރިން

ހިމަބިހި ޖެހިގެން އެމެރިކާއިން އިތުރު މީހަކު މަރުވެއްޖެ
3 ގަޑިއިރު ކުރިން


