logo

ދަރަނި ދެއްކިއަސް ޒަރޫރީ ހިދުމަތްތަކެއް ނުހުއްޓޭނެ: މާލީ ވުޒާރާ

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 08:30

ދަރަނި ދެއްކިއަސް ޒަރޫރީ ހިދުމަތްތަކަށް ދަތިކަމެއް ނައިސް ކުރިއަށްދާނެ ކަމަށާއި އެއްވެސް އަސާސީ ހިދުމަތަކަށް ބުރޫނާރައި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންނަށް ދީފިއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީއިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ދައުަލަތުން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ ބިލު ދައްކާ ހަލާސްކޮށްފައިވާ ކަަމަށެވެ. އަދި މިކަމުގެ ސަަަބަބުން ތެލާއި ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ފުރިހަމަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފިނޭންސް އިން އާއްމުކުރި ބަޔާނުގައި އިތުރަށް ވަނީ ބުނެފައެވެ،.

މިއަދު ދައްކައި ނިންމި ފައިސާއަކީ، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް، ބަޖެޓް ސަޕޯޓަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ.

މި ފެސިލިޓީގެ ދަށުން، މި ސަރުކާރުން ވަނީ ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު، އަދި މޭ 11، 2024 ގައި 50 މިލިއަން ޑޮލަރު ދައްކާފައެވެ.

މިއަދު ދެއްކި 50 މިލިއަން ޑޮލަރާއެކު، މި މުޅި ފެސިލިޓީ މިހާރު ވަނީ އެއްކޮށް ދައްކައި ނިމިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން އެމެރިކާ ޑޮލަރުގައެވެ.

މި ދަރަނި ހަލާސްކުރި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319