logo

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 06:55

ކުރީ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓީބިލް ވިއްކައިގެން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި، މި ސަރުކާރުން އެއްކޮށް ދައްކައި ހަލާސްކޮށްފިއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީ ސަރުކާރުން ނެގި މި ފެސިލިޓީ އަނބުރާ ދައްކާފައިވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހު 50 މިލިއަން ޑޮލަރު އަދި މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދު ދައްކައި ނިންމުމާއެކު، މި ފެސިލިޓީގެ ދަށުން އަދާކުރަންޖެހޭ މުޅި ދަރަނި މިހާރު ވަނީ އެއްކޮށް ހަލާސްކުރެވިފައެވެ.

ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ މުދާ މެދުކެނޑުމެއްނެތި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައިވާ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށް ވެސް އެ ވުޒާރާއިން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރަށް އަރާފައެވެ. އެހެންކަމުން، މި ދަރަނި އަދާކުރުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިޣެ ކުރިންވެސް ސަރުކާރުން ދަނީ ދައުލަތުގެ ދަރަނިތައް ޒިންމާދާރުކަމާއެކު ދެއްކުމަަށް އެސްޑީއެފް އަށް ފައިސާ ޖަމާކުރުމާއި ދަރަނި ދެއްކުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތަކަށް ދުރާލާ ތައްޔާރުވެ ކަނޑައެޅިފައިވާ ވަގުތައް ދަރަނި ދައްކައި ހަލާސްކުރަމުން ކަަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދަމަހައްޓައި ރިޒާވް ވަރުގަދަކޮށް ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ،

މީގެ އިތުރުން ސަރުކާރުން ދަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކާއެކު ރާއްޖެއަށް އެހީދޭ އެކި ގައުމުތަކާއި ޖަމުއިއްޔާތަކާއެކު ފާއިތުވި ދުވަސްތަކުގައި މުހިއްމު މަޝްވަރާތަކެއް ކުރަމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ މަޝްވަރާތައް ކާމިޔާބު ކަމާއެކު ކުރިއަށްދާއިރު އެކަމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ،

https://wamco.com.mv/
tel:+9607331319