logo

ފުވައްމުލަކު ސިޓީގައި ޑައިވީނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 06:54

ފުވައްމުލަކު ސިޓީގައި ޑައިވިނަށް ފޭބި ފަތުރުވެރިޔަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

https://wamco.com.mv/

ފުލުހުންގެ ބުނީ ، މި ހާދިސާގައި މަރުވީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

އެ މީހާ ކަނޑުއަޑީގައި ހަރަކާތް ހުއްޓި، ހޭނެތިފައި ވަނިކޮށް ނަގައިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:18 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319