logo

އީސީގެ ރައީސް ޝަކީލުގެ މައްސަލައެއް ފުލުހަށް ހުށަހަޅަނީ

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 06:55

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުން، އެ ފަރާތްތަކަށް ނޭނގި އެ ޕާޓީގެ ދަފްތަރުން ވަކިކުރަމުންދާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޝަކީލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް އެ ޕާޓީން ނިންމައިފިއެވެ.

https://wamco.com.mv/

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ އަމަލުތައް މިހާރު ވަނީ އިންތިހާއަށް ގޯސްވެފައި ކަމަށާއި، މެންބަރުންގެ ނުރުހުމުގައްޔާއި އެ ފަރާތްތަކަށް އެނގުމަކާ ނުލައި ޕާޓީން ވަކިކުރަމުންދާކަން މިހާރު ޔަގީންކުރެވިފައިވާ ކަމަށެވެ.

މި މައްސަލައިގައި ތަކުރާރުކޮށް ނަސޭޙަތްތެރިވެ، އިސްލާހުކުރުމަށް އެދުމުން ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާތީ، އީސީގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މިއަދު މެންދުރުފަހު ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާނެ ކަމަށް މަލީހް ވިދާޅުވިއެވެ.

އީސީގެ މިހާރުގެ ރައީސް ޝަކީލަކީ މީގެ ކުރިން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރަޖިސްޓްރާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިން، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ޕީއެންސީއަށް މީހުން ވައްދަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އެ ޕާޓީއަށް އަމާޒުވެފައިވެއެވެ.

ޕީއެންސީން މިހާރު އަމާޒު ހިފާފައިވަނީ މި އަހަރު ނިމުމުގެ ކުރިން އެ ޕާޓީގެ މެންބަރުންގެ ޢަދަދު 100،000 (އެއްލައްކަ) އަށް އިތުރުކުރުމަށެވެ

ޕީއެންސީގެ ދަފްތަރުގައި މިހާރު ވެސް 79،000 އަށް ވުރެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވެއެވެ.

https://wamco.com.mv/
tel:+9607331319