logo
އާރުޓީއެލް ފެރީއެއް

އާރުޓީއެލް ފެރީއެއް

ތެލެސީމިއާ ކުދިންނަށް އާރްޓީއެލްގެ ޚިދުމަތް ހިލޭ ދޭން ނިންމައިފި

profile

އާމިނަތު ޝަޒްލާ - 28 ނޮވެމްބަރު 2026 - 13:26

ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށާއި އެ ކުދިންގެ އެހީތެރިންނަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ އަދި ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭން ނިންމައިފިއެވެ.

https://wamco.com.mv/

މިކަން ހާމަކޮށްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންނެވެ.

އެ ވުޒާރާއިން މިއަދު އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހިނގާ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މި ލުއިފަސޭހަކަން ލިބިގެންދާނެއެވެ. އެގޮތުން ރަސްމީ ތެލެސީމިއާ ކާޑު ދެއްކުމުން، ބަލި ތަހައްމަލުކުރާ ފަރާތުގެ އިތުރުން އެ ފަރާތާއެކު ދަތުރުކުރާ އެހީތެރިއަކަށް ވެސް އާރްޓީއެލްގެ ބަހާއި ފެރީގެ ޚިދުމަތް އެއްވެސް އަގަކާ ނުލައި މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، ދާއިމީކޮށް ސިއްހީ ފަރުވާ ހޯދަންޖެހޭ ތެލެސީމިއާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް ދަތުރުފަތުރުގެ ކަންކަމުގައި ބޮޑެތި ލުއިތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

މީގެ އިތުރުން، މާލޭގައި ތޮއްޖެހިފައިވާ މާހައުލެއްގައި ހިންގަމުން އައި ނޭޝަނަލް ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ހުޅުމާލޭގެ 'އޮރެންޖު ހިޔާ' އިމާރާތަށް ބަދަލުކޮށް، ކުރިން އެ ސެންޓަރުން ލިބެން ނެތް ޒަމާނީ އަދި ފެންވަރު ރަނގަޅު އެތައް ޚިދުމަތްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. މިއީ ތެލެސީމިއާ ކުދިންނަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ފަރުވާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

އާރްޓީއެލްގެ ޚިދުމަތް ހިލޭ ދިނުމަށް މި ނިންމި ނިންމުމަކީ، ތެލެސީމިއާ ކުދިން ބަލަހައްޓާ އާއިލާތަކުން އުފުލަންޖެހޭ މާލީ ބުރަ ކުޑަކޮށްދީ، އެ ކުދިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

https://wamco.com.mv/
tel:+9607331319