
ކާނަލް (ރޓޑ) އާދަމް އިބްރާހީމް މަނިކު
ކާނަލް (ރޓޑ) އާދަމް އިބްރާހީމް މަނިކު އަވަހާރަވުމުގެ ހިތާމައިގައި ރައީސް މައުމޫން ތަޢުޒިޔާ ވިދާޅުވެއްޖެ

އާމިނަތު ޝަޒްލާ - 28 ނޮވެމްބަރު 2026 - 13:25
ދިވެހި ޤައުމީ ދިފާޢީ ބާރަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި، އަދި 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޤައުމުގެ ދިފާޢުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ކާނަލް (ރޓޑ) އާދަމް އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މަޢުމޫން މިއަދު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކުރައްވައި ޙިއްޞާކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، ދިވެހި ޢަސްކަރިއްޔާއަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އަދި ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޤައުމުގެ ދިފާޢުގައި ނުހަނު ހިތްވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ކާނަލް (ރޓޑ) އާދަމް އިބްރާހީމް މަނިކު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
މީގެއިތުރުން ރައީސް މަޢުމޫން ފާހަގަކުރެއްވި ގޮތުގައި، ކާނަލް އާދަމް އިބްރާހީމް މަނިކަކީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި، އެމަނިކުފާނުގެ އަރިހުގައި ވެސް ވަރަށް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
މި ބޮޑު ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމް ކާނަލް (ރޓޑ) އާދަމް އިބްރާހީމް މަނިކުގެ ޢާއިލާއަށާއި، ދިވެހި އަސްކަރިއްޔާގެ އެންމެހައި ޚިދުމަތްތެރި ސިފައިންނަށް ރައީސް މަޢުމޫން ވަނީ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.
ރައީސް މަޢުމޫންގެ މެސެޖު ނިންމަވާލައްވަމުން ދުޢާކުރައްވާފައިވަނީ މާތް ﷲ އެ މާތް މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވައި، އެ މަރްޙޫމްގެ ޢާއިލާއަށާއި ގާތް އެކުވެރިންނަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށެވެ.
ކާނަލް (ރޓޑ) އާދަމް އިބްރާހީމް މަނިކަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޓެރަރިސްޓް ޙަމަލާގައި، ސިފައިންގެ މައި މަރުކަޒު ދިފާޢުކުރުމުގައާއި ދިވެހި ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުމުގައި އިސް ސަފުގައި ހިތްވަރާއެކު ޖިހާދުކުރެއްވި، ޤައުމީ ފަޚުރުވެރި ބަޠަލެކެވެ. ދިވެހި އަސްކަރިއްޔާގެ ތަރައްޤީއަށާއި ޤައުމީ ސަލާމަތަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކަކީ ދިވެހި ތާރީޚުގައި އަބަދުވެސް ރަން އަކުރުން ފެވިގެންދާނެ އަގުހުރި ޚިދުމަތްތަކެކެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
މުލިއާގޭ މިނިސްޓަރ އިގްބާލް އަދި ހިލާލީގޭ ޗީފް އޮފް ސްޓާފް މުހައްމަދު މާގާމުން ވަކިކޮށްފި
11 ގަޑިއިރު ކުރިން

ދަގަނޑެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
13 ގަޑިއިރު ކުރިން

ތެލެސީމިއާ ކުދިންނަށް އާރްޓީއެލްގެ ޚިދުމަތް ހިލޭ ދޭން ނިންމައިފި
13 ގަޑިއިރު ކުރިން

ވަށަފަރުގެ ނިންމުން: ޕީއެންސީއަށް ފުރުސަތެއް ނެތް، އިޚްތިޔާރުކުރީ އަމިއްލަ ކެންޑިޑޭޓް ރިޝްމާ!
14 ގަޑިއިރު ކުރިން


