.webp&w=3840&q=75)
މުލިއާގޭ މިނިސްޓަރ އިގްބާލް އަދި ހިލާލީގޭ ޗީފް އޮފް ސްޓާފް މުހައްމަދު މާގާމުން ވަކިކޮށްފި

އާމިނަތު ޝަޒްލާ - 28 ނޮވެމްބަރު 2026 - 15:26
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގެ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިޤްބާލް އާދަމް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ ރަސްމީ ގެކޮޅު، ހިލާލީގޭގެ ޗީފް އޮފް ސްޓާފް މުޙައްމަދު ވަޙީދު ޙަސަން މަޤާމުން ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ޢާއިލީ ގޮތުން ވެސް ގުޅުން އޮންނަ މި ދެ ބޭފުޅުންނަކީ ވެސް ހއ. ވަށަފަރަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އަދި މިއީ ރައީސް މުއިއްޒު ބޭބެ ކިޔާ ދެ ބޭފުޅުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޭފުޅުން ސަރުކާރުގެ އިސް މަޤާމުތަކުން ވަކިކުރައްވާފައި ވަނީ މިއަދު ބޭއްވުނު ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ.
އިޤްބާލް އާދަމާއި މުޙައްމަދު ވަޙީދު ޙަސަން މަޤާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މި ބޭފުޅުންނަކީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ރިޔާސީ ގަނޑުވަރުތަކުގެ އިސް ޒިންމާތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ދެ ބޭފުޅުންނެވެ.
މީގެ އިތުރުން އެމްޓީޑީސީގެ އެމްޑީ ހުސެއިން ހަނީފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ
ގުޅުން ހުރި ޙަބަރުތައް

ދަގަނޑެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
13 ގަޑިއިރު ކުރިން

ތެލެސީމިއާ ކުދިންނަށް އާރްޓީއެލްގެ ޚިދުމަތް ހިލޭ ދޭން ނިންމައިފި
13 ގަޑިއިރު ކުރިން

ކާނަލް (ރޓޑ) އާދަމް އިބްރާހީމް މަނިކު އަވަހާރަވުމުގެ ހިތާމައިގައި ރައީސް މައުމޫން ތަޢުޒިޔާ ވިދާޅުވެއްޖެ
13 ގަޑިއިރު ކުރިން

ވަށަފަރުގެ ނިންމުން: ޕީއެންސީއަށް ފުރުސަތެއް ނެތް، އިޚްތިޔާރުކުރީ އަމިއްލަ ކެންޑިޑޭޓް ރިޝްމާ!
14 ގަޑިއިރު ކުރިން


