
ޕީއެންސީގެ މެންބަރުން ކޮރޮޕްޝަނުގައި ޖެހި ގައުމުގެ މިނިވަންކަމަށް ނުރައްކާވެއްޖެ: މައުރޫފް

ރިޟްވާން މޫސާ - 28 ނޮވެމްބަރު 2026 - 14:04
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ފަރާތްތަކުން ކޮރޮޕްޝަނުގެ ކަޅު ފައިސާގައި ޖެހުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާން ވީދި ނުރައްކަލަށް ގައުމު ހުށައެޅިގެންދާން ފަށާފައިވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މީޑިޔާ އަކަށް ދެއްވި އިންޓަރވިއުއެއްގައި މައުރޫފް ވިދާޅުވީ ކޮރޮޕްޝަނާއި ފަސާދަ ގައުމުގައި ގިނަވެއްޖެ ކަމަށާއި، ކޮރޮޕްޝަނުގެ ފައިސާ ބޭނުންކުރައްވަން ޕީއެންސީގެ މެންބަރުންނަށް ކެރިވަޑައިގަތުމުން ހިތާމަ ކުރައްވާ ކަމަށެވެ.
ޕީއެންސީގެ އިސް ފަރާތްތަކުގެ ގޮތުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ވެސް ހުރަސްއަލަމުން އަންނަކަން ފާހަގަކުރައްވަމުން މައުރޫފް އެންމެ ބޮޑަށް ފާހަގަކުރެއްވެވީ ރަސްމާލޭގެ މަޝްރޫއާއި ގުޅޭގޮތުން ބޭރުގެ ކުންފުންޏަކުން އަޑި ނޭނގޭ ޑީލަކުން ފައިސާތަކެއް ނަގާފައިވާ ކަމަށެވެ.
މެންބަރު މައުރޫފް ވިދާޅުވީ، ރާއްޖެ ފެންނަނީ ކޮރަޕްޝަން އިންޑެކްސްގައި ވަރަށް މަތީގައި އުޅޭ ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިލި ނަމަވެސް، މަޖިލިސް މެންބަރުން އަމިއްލަ މާލީ މަންފާގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ 50,000 ރުފިޔާ ހޯދުމާއި، ބޮޑެތި ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދުމުގައި އަވަދިނެތި އުޅޭ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ، ރާއްޖޭގައި ގާތްގަނޑަކަށް ދެ ލައްކައެއްހާ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އެ މީހުން ގައުމުގައި އުޅޭ ގޮތް ވެސް ނުބެލެހެއްޓިގެން އުޅޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

2028 ގެ އިންތިޙާބުގައި ރައީސް މުއިއްޒު ބަލިކުރާނީ އެމްޑީޕީ އަންހެނުން ނުކުމެ: ޒާޔާ
13 ގަޑިއިރު ކުރިން
.webp&w=3840&q=75)
ދައުލަތުގެ ދަރަނި 156.7 ބިލިއަން ރުފިޔާއަށް އަރައިފި
13 ގަޑިއިރު ކުރިން

"އެމްޑީޕީގެ ގައުމީ މަޖިލިސް" މާރިޔާ، އީވާ، އަމްރު، އަލީ އާޒިމް ވެސް ވަނީ ހޮވިފަ
18 ގަޑިއިރު ކުރިން

ތިން ދާއިރާއެއްގެ ކައުންސިލާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ފަށައިފި
20 ގަޑިއިރު ކުރިން


