logo

"އެމްޑީޕީގެ ގައުމީ މަޖިލިސް" މާރިޔާ، އީވާ، އަމްރު، އަލީ އާޒިމް ވެސް ވަނީ ހޮވިފަ

profile

ރިޟްވާން މޫސާ - 28 ނޮވެމްބަރު 2026 - 08:25

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބުގައި، މާލޭ ދާއިރާއަށް ކަނޑައެޅިފައިވާ 16 ގޮނޑީގެ ޖާގައިގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރީގައި އުޅުއްވާ ބޭފުޅުންގެ ތެރޭގައި ޕާޓީގެ އިސް ލީޑަޝިޕްގައި މީގެ ކުރިން އެކި ދައުރުތައް އަދާކުރެއްވި ބޭފުޅުން ހިމެނިވަޑައިގެންފިއެވެ.

https://wamco.com.mv/

އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި މާލޭ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ލިސްޓުގެ އެންމެ ކުރީގައި އޮންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު ވެސް ހިމެނެއެވެ.

މި އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީއާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފް، އަދި މުޙައްމަދު ރަޝީދު ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.

undefined

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީން ބޭއްވި މި އިންތިހާބަކީ އެޕާޓީގެ އެންމެ މުހިންމު ގުނަވަން ކަމުގައިވާ ޕާޓީގެ ގައުމީ މަޖިލީހާއި އަދި މުޅި ރާއްޖެ ހިމެނޭ ދާއިރާތަކުގެ އެކިއެކި މަގާމުތަކަށް މެންބަރުން އައްޔަން ކުރުމަށް ބޭއްވި އިންތިހާބެކެވެ.

އެމްޑީޕީގެ މި އިންތިހާބުގައި އެންމެ ކާމިޔާބު ކަމާއެކު ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ބޮޑު ބަދަލުގެ ޓީމުންކަން ވެސް ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
tel:+9607331319