
2028 ގެ އިންތިޙާބުގައި ރައީސް މުއިއްޒު ބަލިކުރާނީ އެމްޑީޕީ އަންހެނުން ނުކުމެ: ޒާޔާ

ރިޟްވާން މޫސާ - 28 ނޮވެމްބަރު 2026 - 14:06
ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ކުރިމަތި ލެއްވިޔަސް ބަލި ކުރައްވާނެ ކަމަށާއި، ރައީސް މުއިއްޒު ބަލިކުރައްވާނީ ވެސް އެމްޑީޕީގެ ޖޯރު ހުރި އަންހެން ކަނބަލުން ނުކުމެ ފޯރިގަދަކޮށް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އިންތިހާބީ ކެންޑިޑޭޓް ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޙާބުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަކަށް ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ޒާޔާ ވަނީ އިންތިހާބުގައި ވާދަކުރެއްވި އީމާ ޝަފީގު ބަލިކުރައްވައި ކާމިޔާބު ކުރައްވާފަ އެވެ.
އަސްލުޓީވީ އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ޒާޔާ ވިދާޅުވީ އެމްޑީޕީން އިންތިހާބުވި މި މަގާމާއެކު ޕާޓީގެ ކުރިއެރުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށާއި، އެގޮތުން އެންމެ އިސް ކަމެއްގެ ގޮތުގައި ކުރަން ނިންމާފައިވަނީ ޕާޓީގެ މެންބަރޝިޕް އިތުރުކުރުން ކަމަށެވެ. ޒާޔާ ވިދާޅުވީ މަސައްކަތް ކުރައްވާނީ 2028 ގައި ރައީސް މުއިއްޒު ކުރިމަތިލެއްވި ކަމުގައިވިޔަސް ބަލިކުރުމަށް ކަމަށާއި، މުޅި ރާއްޖެ ހިމެނޭހެން ޕާޓީގެ އަންހެނުންގެ ރޫހުން ނުކުމެ މުއިއްޒު ބަލިކުރައްވާނެ ކަމަށެވެ.
"މި ނިކުތީ އެމްޑީޕީ. 2028 ގައި ރައީސް މުއިއްޒު ބަލިކުރަން ނުކުންނާނީ އެމްޑީޕީގެ އަންހެނުންގެ ރޫހުން. އަޅުގަނޑުމެން މެންބާރޝިޕް އިތުރުކުރާނަން. މުޅި ރާއްޖެ ހިމެނޭހެން އެމްޑީޕީގެ އަންހެން ކަނބަލުން މި ނުކުންނަނީ އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުކޮށް ރައީސް މުއިއްޒު ބަލިކުރަން"
އަތޮޅުތަކުގައި އެމްޑީޕީގެ ކުލަ ބައެއް ސަރަހައްދުތަކުން އޮންނަންޖެހޭ ވަރަށްވުރެ މަދުކަން ފާހަގަކުރައްވައި ޒާޔާ ވިދާޅުވީ އެކަމަނާ ނިމިދިޔަ ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކަށް ދަތުރުކޮށްފި ކަމަށާއި، ހާއްސަ ގޮތެއްގައި އަތޮޅުތެރޭގައި އަންހެނުންގެ ރޫހު އާލާކުރުމަށް ޓީމެއް އެކުލަވާލައި ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އެމްޑީޕީ އަކީ ކެރޭނެ އަދި ކުރާނެ އަދި ހިތްވަރު ހުރި ޕާޓީއެއްކަން ފާހަގަކުރައްވަމުން ޒާޔާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހީލަތްތެރި ރޭވުމުގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރު އެޕާޓީގެ ދަފްތަރުގައި ޖައްސައިފި ކަމަށާއި، އަލުން އެ މެންބަރުން ހޯދައި އެމްޑީޕީ އަށް ވެއްދުމުގެ މަސައްކަތްތަކެއްވެސް ކުރައްވާނެ ކަމަށެވެ.
"އެބަތިބި މި ޕާޓީގެ މެންބަރުން ވަޒީފާގެ ބިރު ދައްކައިގެން ވިޔަސް އަދި އެހެން ގޮތްގޮތް ހަދައިގެން ވިޔަސް ޕީއެންސީއަށް ވައްދާފަ. އަޅުގަނޑު މިއައީ ރައްރަށުން އަތޮޅުތަކުން. މި ކަހަލަ ވަރަށް ޝަކުވާތައް ލިބިފަ އެހުރީ. އަލުން އެ މީހުން މި ޕާޓީ (އެމްޑީޕީ) އަށް ވައްދަން މަސައްކަތްތަކެއް ކުރާންނަ. މީ ކުރާނެ އަދި ކެރޭނެ ހިތްވަރު ހުރި ޕާޓީއެއް" ޒާޔާ
ޒާޔާ ވިދާޅުވީ އެކަމަނާ އަށް ރަށްރަށުން ކިއުއްވި ހޫނު މަރުހަބާއަށާއި، މެހެމާންދާރީ އަށް ޝުކުރުއަދާ ކުރާ ކަމަށާއި، ހާއްސަގޮތެއްގައި އިންތިހާބުގައި ކާމިޔާބީ ލިބުނީ ޕާޓީގެ އާންމު މެންބަރުން ކުރެއްވި އިތުބާރާއި، ސަޕޯޓުން ކަމަށާއި، މަސައްކަތްކޮށްދެއްވި ހުރިހައި ފަރާތްތަކަށް ވެސް ޝުކުރުއަދާ ކުރާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީގެ މެންބަރުން ކޮރޮޕްޝަނުގައި ޖެހި ގައުމުގެ މިނިވަންކަމަށް ނުރައްކާވެއްޖެ: މައުރޫފް
13 ގަޑިއިރު ކުރިން
.webp&w=3840&q=75)
ދައުލަތުގެ ދަރަނި 156.7 ބިލިއަން ރުފިޔާއަށް އަރައިފި
13 ގަޑިއިރު ކުރިން

އީމާ ބަލިކޮށް ޒާޔާ އިންތިޙާބު ކާމިޔާބުކޮށްފި!
18 ގަޑިއިރު ކުރިން

"އެމްޑީޕީގެ ގައުމީ މަޖިލިސް" މާރިޔާ، އީވާ، އަމްރު، އަލީ އާޒިމް ވެސް ވަނީ ހޮވިފަ
18 ގަޑިއިރު ކުރިން


