
އީމާ ބަލިކޮށް ޒާޔާ އިންތިޙާބު ކާމިޔާބުކޮށްފި!

ރިޟްވާން މޫސާ - 28 ނޮވެމްބަރު 2026 - 08:40
އެމްޑީޕީގެ އެތެރޭގެ އިންތިޙާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި ވާދަކުރެއްވި އެމްޑީޕީގެ ޒުވާން އެކްޓިވިސްޓް އީމާ ޝަފީގު ބަލިކޮށް އިންތިހާބު ކާމިޔާބުކުރައްވައިފި އެވެ. .
އެމްޑީޕީގެ އެތެރޭގެ އިންތިހާބު އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭތުން ވަނީ ފޯރިގަދަ ކެމްޕެއިންތަކެއް ކުރައްވާފަ އެވެ.
އެމްޑީޕީގެ އިސް ސަފުން މިހާރު ފެންނަމުން އަންނަ ޒުވާން އެކްޓިވިސްޓް އީމާ ޝަފީގު ވަނީ މި އިންތިޙާބު ކާމިޔާބުކުރުމަށްޓަކައި އައްޑޫ ސިޓީ ފުވައްމުލަކު ސިޓީ އަދިވެސް އިތުރު ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކޮށް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކޮށްފަ އެވެ.
އިންތިހާބުގައި ޒާޔާ އަށް ވަނީ 2155 ވޯޓު ލިބިފަ އެވެ. މި އިންތިހާބުގައި އީމާ އަށް ލިބިފައިވަނީ 1527 ވޯޓެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ގާތްގަނޑަކަށް 900 އަށްވުރެ ގިނަ ކެންޑިޑޭޓުންނާއެކުގަ އެވެ.
މި އިންތިހާބުގައި މާލެ ސިޓީ ގައުމީ މަޖިލީހުގެ 16 ގޮނޑިއަކަށް އެކަނި ވެސް 45 ކެންޑިޑޭޓުން ވާދަކޮށްފައި ވެ އެވެ.
އެ އިންތިހާބުގައި 448 މަގާމަކަށް 979 ކެންޑިޑޭޓުން ވާދަކުރި އެވެ. އެމްޑީޕީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަޮށްފައިވަނީ މާލެއިންނެވެ. ގައުމީ މަޖިލީހުގެ މާލެ ސިޓީގެ 111 މަގާމަކަށް 209 ކެންޑިޑޭޓުން ކުރިމަތިލި އެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުގެ ނަތީޖާ ލިބިފައިވިނަމަވެސް ދާއިމީ ނަތީޖާ އަދި މިހާތަނަކަށް އިއުލާނުކޮށްފައެއް ނުވެ އެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
މުލިއާގޭ މިނިސްޓަރ އިގްބާލް އަދި ހިލާލީގޭ ޗީފް އޮފް ސްޓާފް މުހައްމަދު މާގާމުން ވަކިކޮށްފި
11 ގަޑިއިރު ކުރިން

2028 ގެ އިންތިޙާބުގައި ރައީސް މުއިއްޒު ބަލިކުރާނީ އެމްޑީޕީ އަންހެނުން ނުކުމެ: ޒާޔާ
13 ގަޑިއިރު ކުރިން

ދަގަނޑެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
13 ގަޑިއިރު ކުރިން

ތެލެސީމިއާ ކުދިންނަށް އާރްޓީއެލްގެ ޚިދުމަތް ހިލޭ ދޭން ނިންމައިފި
13 ގަޑިއިރު ކުރިން


