
ތިން ދާއިރާއެއްގެ ކައުންސިލާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ފަށައިފި

ރިޟްވާން މޫސާ - 28 ނޮވެމްބަރު 2026 - 06:24
ވ. ތިނަދޫ، ހއ، ވަށަފަރު އަދި އައްޑޫސިޓީ ހުޅުދޫ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
ބައި އިލެކްޝަން ކުރިއަށްދަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިހާބު ކުރުމަށާއި ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައެވެ.\
އިންތިހާބު ބާްވަން ނިންމާފައިވާ ހަތަރު ދާއިރާ އަކީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު އަދި ހއ. ވަށަފަރު އަންހެނުންގެ ކޮމިޓީގެ ރައީސާއި އައްޑޫ ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބެވެ.
މި އިންތިހާބުގައި އަތޮޅުތެރޭގައި ފަސް ވޯޓު ފޮށި ބަހައްޓަ އެވެ. އެއީ ހއ. ވަށަފަރު އަދި ވ. ތިނަދޫގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒު ހުންނާނީ އެ ރަށެއްގެ ސްކޫލުގައެވެ. އަދި ސ. ހުޅުދޫގައި ޤާއިމުކުރާ 3 ވޯޓުލާ މަރުކަޒުތައް ހުންނާނީ ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައިވާއިރު މާލޭގައި ޖަމާލުއްދީން ސްކޫލުގައި 4 ވޯޓުލާ މަރުކަޒުގެ އިތުރުން ހުޅުމާލެ ފޭސް 1، ސީ.އެޗް.އެސް.އީ ހޯލްގައި 1 މަރުކަޒު ގައި ވަނީ ގާއިމުކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

2028 ގެ އިންތިޙާބުގައި ރައީސް މުއިއްޒު ބަލިކުރާނީ އެމްޑީޕީ އަންހެނުން ނުކުމެ: ޒާޔާ
13 ގަޑިއިރު ކުރިން

ޕީއެންސީގެ މެންބަރުން ކޮރޮޕްޝަނުގައި ޖެހި ގައުމުގެ މިނިވަންކަމަށް ނުރައްކާވެއްޖެ: މައުރޫފް
13 ގަޑިއިރު ކުރިން
.webp&w=3840&q=75)
ދައުލަތުގެ ދަރަނި 156.7 ބިލިއަން ރުފިޔާއަށް އަރައިފި
14 ގަޑިއިރު ކުރިން

"އެމްޑީޕީގެ ގައުމީ މަޖިލިސް" މާރިޔާ، އީވާ، އަމްރު، އަލީ އާޒިމް ވެސް ވަނީ ހޮވިފަ
18 ގަޑިއިރު ކުރިން


