logo

އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 39 ބެލެނިވެރިން އުނިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 06:54

އިޖުތިމާއީ ރައްކާތެރިކަމުގެ އެހީގެ އެކި ޕްރޮގްރާމްތަކުގެ ދަފުތަރުން އެކަނިވެރި މައިންބަފައިންގެ ތެރެއިން 39 ބެލެނިވެރިއަކާއި 80 ކުދިން އުނިކޮށްފިއެވެ.

https://wamco.com.mv/

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވަނީ، އެކިއެކި ސަބަބުތަކާ ހުރެ އެ އިދާރާގެ އެހީގެ ޕްރޮގްރާމްތަކުން އުނިކޮށްފައިވާ ފަރާތްތަކުގެ ތަފުސީލު ހާމަކޮށްފައެވެ.

މައިންބަފައިންގެ އަޅާލުމެއް ނެތި އެހެން ފަރާތްތަކުން ބަލަހައްޓަމުންދާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ މާލީ އެހީގެ ޕްރޮގްރާމުން އެއް ބެލެނިވެރިއަކާއި ދެ ކުދިން ވަނީ އުނިކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީތެރިކަމުގެ ޕްރޮގްރާމުން 14 އަންހެނުންނާއި 26 ފިރިހެނުން އުނިކޮށްފައިވާއިރު، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމުން 39 ބެލެނިވެރިއަކާއި 80 ކުދިން ވަނީ އުނިކޮށްފައެވެ.

މީގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ދަށުން ވެސް 2 ފިރިހެނަކު އުނިކޮށްފައިވާ ކަމަށް އެންސްޕާއިން ހާމަކުރެއެވެ.

https://wamco.com.mv/
tel:+9607331319