logo

ޕީއެންސީގެރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ދޭން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 08:21

ޕްރައިމަރީއަކާ ނުލައި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ސެނެޓުން (މަތީ މަޖިލީހުން) މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ.

https://wamco.com.mv/

މި ނިންމުން ނިންމާފައިވަނީ ޕީއެންސީގެ ސެނެޓަށް ހުށަހެޅުނު ހާއްސަ ގަރާރަކުންނެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 1،019 މެންބަރުންގެ އިއްތިފާޤުން މި ގަރާރު ވަނީ ފާސްކޮށްފައެވެ.

ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމަށް ހުށަހެޅި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އެރުވުމަށް ނިންމެވީ އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ހައްގުވާ ކަމަށް ފެންނާތީއެވެ. އަދި ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، އެ ޕާޓީގެ ޓިކެޓުގައި ވެރިކަމަށް އިންތިހާބުވެވަޑައިގަންނަވާ ބޭފުޅަކަށް، ޖެހިގެން އަންނަ ދައުރުގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ލިބިވަޑައިގަންނަވާނެ ކަމަށް ބަޔާންކޮށްފައިވާތީއެވެ.

ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 2028 ގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުޢިއްޒަށް ލިބިވަޑައިގަންނަވާނެކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ގައިވެސް އިޢުލާނު ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ސެނެޓުގެ ހުރިހާ މެންބަރުންވެސް ވަނީ މި ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވައި، ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ގައުމަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއާއި ކުރިއެރުންތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319