
އެސްއެމްއީ ޑިޖިޓަލް އިން އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭއެއް ބާއްވަނީ

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 08:20
އެސްއެމްއީ ޑިޖިޓަލް އިން އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭއެއް ބާއްވަން ހަމަޖެހިއްޖެއެވެ.
އެސް.އެމް.އީ ޑިޖިޓަލްގެ ފަރާތުން ބާއްވާ ތިންވަނަ "އިސްލާމިކް ރީފައިނޭންސިންގ އޯޕަން ޑޭ" 2026 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހު ބީ.އެމް.އެލް އިސްލާމިކްގެ މާލެ ބްރާންޗުގައި ކުރިއަށްދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބުނެފައެވެ.
މިއީ މިހާރު ކޮންވެންޝަނަލް ލޯނު ނަންގަވާފައިވާ ކަސްޓަމަރުންނަށް، އެ ލޯނުތައް ޝަރީޢާ ހަމަތަކަށް ފެތޭ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.
މި އޯޕަން ޑޭ އަކީ އެސް.އެމް.އީ ޑިޖިޓަލްގެ ކޮންވެންޝަނަލް ފައިނޭންސިންގ ޕޯޓްފޯލިއޯ އިސްލާމިކް ފައިނޭންސިންގއަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
މި ހަރަކާތުގެ ތެރެއިން، ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ރީފައިނޭންސިންގ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދީ، އެއް ދުވަހުގެ ތެރޭގައި އައު އިސްލާމިކް ފައިނޭންސިންގ އެއްބަސްވުމެއް ގާއިމުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ.
ރީފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފެސިލިޓީއަކަށް ބަދަލުވުމުގެ ފުރުސަތު ލިބުމުގެ އިތުރުން، ފައިސާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވެގެންދާނެއެވެ.
މީގެއިތުރުން، މިއީ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ ފެސިލިޓީތައް އަލުން ތަރުތީބުކޮށްލުމަށް ލިބޭ ފުރުސަތެކެވެ.
އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޖެހިޖެހިގެން ހަ މަސްދުވަހު ގަވާއިދުން ފައިސާ ދައްކަމުންދާ ކަސްޓަމަރުންގެ ރެކޯޑު ރަނގަޅުވެ، ކުރިމަގުގައި އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް އިތުރު ފައިނޭންސިންގ ފުރުސަތުތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
މި ރީފައިނޭންސިންގ ހަރަކާތަކީ އެސް.އެމް.އީ ޑިޖިޓަލް އަކީ ފުރިހަމައަށް ޝަރީޢާ ހަމަތަކަށް ފެތޭ މާލީ އިދާރާއަކަށް ވުމަށް ކުރަމުންދާ ދަތުރުގައި އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެސް.އެމް.އީ ޑިޖިޓަލް އިން ވަނީ މީގެ ކުރިން ކާމިޔާބު ދެ ރީފައިނޭންސިންގ އޯޕަން ޑޭއެއް ބާއްވާފައެވެ.
އަމާޒަކީ މުޅިން އިސްލާމީ ޝަރީޢަތް ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން ފައިނޭންސިންގްގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބުނެފައެވެ.
އަމާޒަކީ މި ހިނގާ އަހަރު ނިމުމުގެ ކުރިން، މިހާރު ދޫކުރެވިފައިވާ ފައިނޭންސިންގްގެ ބޮޑު ބައެއް އިސްލާމިކް ބޭންކިންގް އުސޫލުތަކަށް ބަދަލުކޮށް ނިންމުން ކަމަށްވެސް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދަރަނި ދެއްކިއަސް ޒަރޫރީ ހިދުމަތްތަކެއް ނުހުއްޓޭނެ: މާލީ ވުޒާރާ
26 މިނިޓު ކުރިން

ޕީއެންސީގެރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ދޭން ނިންމައިފި
34 މިނިޓު ކުރިން

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި
2 ގަޑިއިރު ކުރިން

އީސީގެ ރައީސް ޝަކީލުގެ މައްސަލައެއް ފުލުހަށް ހުށަހަޅަނީ
2 ގަޑިއިރު ކުރިން


