logo

ގުރައިދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

profile

އާމިނަތު ޝަޒްލާ - 14 އޮކްޓޯބަރު 2026 - 18:39

ކ. ގުރައިދޫގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

https://wamco.com.mv/

މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ މީޑިއާ އޮފިސަލު "އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކ. ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިރޭ 20:36 އެހައިކަންހާއިރު ކަމަށެވެ.

މީޑިއާ އޮފިސަލު ވިދާޅުވި ގޮތުގައި، މި ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި މި ހަމަލާގައި އޭނާގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށާއި، އަދި އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް ވެސް ވަނީ މީޑިއާ އޮފިސަލު ވިދާޅުވެފައެވެ.

މީގެ އިތުރުން، މި މާރާމާރީ ހިނގި ވަގުތު އެކަން ހުއްޓުވުމަށް މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319