
ދައުލަތަށް ލިބުނު އާމްދަނީ 31.5 އިންސައްތަ އިތުރުވެއްޖެ

މުޙައްމަދު ފަޟްލޫން - 14 އޮކްޓޯބަރު 2026 - 12:39
ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.566 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.635 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.0 އިންސައްތައިގެ ކުރިއެރުމެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 18.3 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 2.757 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.331 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.
މީގެއިތުރުން، ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް 7.7 އިންސައްތަ އިތުރުވެ، 4.375 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ އަދަދު ވަނީ 7.4 އިންސައްތައިގެ ކުރިއެރުމަކާއެކު، 24.394 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ޖީޢެސްޓީގެ އާމްދަނީ 21.3 އިންސައްތަ އިތުރުވެ، 5.798 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
އެއަރޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އަދަދު 9.2 އިންސައްތަ އިތުރުވެ، 1.542 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 1.565 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މީގެއިތުރުން، މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.954 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 0.515 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވާހަކަ - ބަދުނާމު ( އެޕިސޯޑް 1 )
29 މިނިޓު ކުރިން

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ
3 ގަޑިއިރު ކުރިން

ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީގެ ސަރުކާރުން ފެށި އާރްޓީއެލްގެ ޚިދުމަތަކީ މުހިންމު މަޝްރޫޢެއް: އާޒިމް
3 ގަޑިއިރު ކުރިން

ދައުލަތުގެ މުއައްސަސާތައް ހިމެނޭ ވެބްސައިޓެއް ރައީސް އޮފީހުން އިފްތިތާހްކޮށްފި
3 ގަޑިއިރު ކުރިން


