logo

ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީގެ ސަރުކާރުން ފެށި އާރްޓީއެލްގެ ޚިދުމަތަކީ މުހިންމު މަޝްރޫޢެއް: އާޒިމް

profile

އާމިނަތު ޝަޒްލާ - 14 އޮކްޓޯބަރު 2026 - 12:42

މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް އެމްޑީޕީގެ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދުތަކަކާ ގުޅިފައިވާ މުހިންމު މަޝްރޫޢެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޭޔަރު އާދަމް އާޒިމް މިހެން ވިދާޅުވީ، އިއްޔެ އާރްޓީއެލް ބަހުގައި އާންމުންނާއެކު ދަތުރުކުރެއްވުމަށްފަހު، މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އާޒިމް ވިދާޅުވީ، އިއްޔެ އާރްޓީއެލް ބަހުގައި މާލެއިން ހުޅުމާލެއަށް ކުރެއްވި ދަތުރުގައި، މި ޚިދުމަތުގައި ހުރި ގޮންޖެހުންތައް ވަރަށް ގާތުން ތަޖުރިބާކުރެވުނު ކަމަށެވެ. އަދި ބަހުގެ ޚިދުމަތް ބޭނުންކުރާ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުވެ، އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާލެ ސަރަޙައްދުގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، މާލެ ސިޓީ ކައުންސިލުން މިހާރު ވެހިކަލް ކެރީންގ ކެޕޭސިޓީ އެކުލަވާލައިގެން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، އެ މަސައްކަތްތަކާއެކު އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއަހައިގެން، ކަންކަން އިޞްލާޙުކޮށް ކުރިއަށް ދިއުމަށް ސިޓީ ކައުންސިލް އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ލާމެހި، އެއްގަމާއި ކަނޑުދަތުރުފަތުރުގެ ޚިދުމަތް އެއް ވިއުގައަކުން ގުޅާލުމަށް އާރްޓީއެލްގެ ނަމުގައި މި ޚިދުމަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައެވެ. މި މަޝްރޫޢުގެ ދަށުން މާލެ ސިޓީގެ އެތެރޭގެ އިތުރުން މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ގުޅުވާލަދޭ ބަހުގެ ޚިދުމަތް އެމްޓީސީސީ މެދުވެރިކޮށް އަންނަނީ ދެމުންނެވެ. މި ޚިދުމަތަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، ޕީކް ގަޑިތަކުގައި ބަސްތައް ފުރި، ކިޔުގައި ގިނައިރު ހޭދަކުރަންޖެހުމުގެ ޝަކުވާ ދަތުރުވެރިން އަބަދުވެސް ކުރަމުންދެއެވެ.

https://wamco.com.mv/
tel:+9607331319