logo

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ

profile

އާމިނަތު ޝަޒްލާ - 14 އޮކްޓޯބަރު 2026 - 12:42

މި ހަފުތާއިން ފެށިގެން އައު ޕާސްޕޯޓުތައް ދޫކުރަން ފަށާފައިވާ ކަމަށާއި، މާދަމާއިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް އާންމު އުސޫލުން ޕާސްޕޯޓު ލިބެމުންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

https://wamco.com.mv/

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު މީޑިއާ ބުނީ ، ޕާސްޕޯޓުގެ އައު ސްޓޮކް ލިބި މި ހަފުތާއިން ފެށިގެން ޕާސްޕޯޓުތައް ދޫކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، ކުރިން ޕާސްޕޯޓަށް އެދިފައިވާ މީހުންގެ ބޮޑު ބެކްލޮގެއް އޮތުމުން، އެ މީހުންގެ ޕާސްޕޯޓުތައް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ކުޑަ ލަސްކަމެއް އުޅުން އެކަށީގެންވާ ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.

ޕާސްޕޯޓުގެ ސްޓޮކް ލިބުން ލަސްވުމުގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެން މީގެ ކުރިން އިމިގްރޭޝަނުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޭސްފަރުވާއަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް އަވަހަށް ފުރަންޖެހޭ މީހުންނަށް ކަމަށް ވެސް އޮފިޝަލް ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ކުރިން ވެސް ހާމަކޮށްފައިވަނީ އައު ސްޓޮކް ލިބުމާއެކު މި ހަފުތާގެ ތެރޭގައި ޚިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖެއަށް ޕާސްޕޯޓު ޕްރިންޓުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުންޏަށް ދިމާވި ޓެކްނިކަލް މައްސަލަތައް މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި މިދިޔަ ހަފުތާ ބަންދުގައި ޕާސްޕޯޓުގެ އައު ސްޓޮކް ލިބިފައިވާތީ، މި ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މީގެއިތުރުން، ޕާސްޕޯޓު ނުލިބި 2،646 މީހަކު އެދިފައިވާ ކަމަށާއި، އެ ހުރިހާ ޕާސްޕޯޓެއް ޕްރިންޓުކޮށް ނިންމައި ބެކްލޮގް އެއްކޮށް ފުހެލުމަށް ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށް ވެސް މިނިސްޓަރު އިޙްސާން އޭރު ވިދާޅުވެފައިވެއެވެ. މި މަސައްކަތް ނިމުމަކާ ހަމައަށް އައުމާއެކު، މާދަމާއިން ފެށިގެން އެއްވެސް ދަތިކަމެއް ނެތި އާންމު އުސޫލުން ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

https://wamco.com.mv/
tel:+9607331319