logo

ދައުލަތުގެ މުއައްސަސާތައް ހިމެނޭ ވެބްސައިޓެއް ރައީސް އޮފީހުން އިފްތިތާހްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 14 އޮކްޓޯބަރު 2026 - 12:38

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީއެއް އެކުލަވައިލައްވައި، އެ ހިދުމަތަށް ހާއްސަ ވެބްސައިޓެއް ރައީސް އޮފީހުން އިފްތިތާހްކޮށްފިއެވެ.

https://wamco.com.mv/

މި ޑިރެކްޓަރީއަކީ މޯލްޑިވްސް 2.0 ގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތުގެ އިދާރީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ސިޔާސަތެއްގެ ދަށުން ސަރުކާރު ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ވުޖޫދުކުރެވުނު މުހިންމު ވަސީލަތެކެވެ.

މި ޑިރެކްޓަރީ directory.presidency.gov.mv މެދުވެރިކޮށް ފެންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ޑިރެކްޓަރީގައިވާ މަޢުލޫމާތުތައް އަބަދުވެސް ތާޒާކަންމަތީ ދެމެހެއްޓުމަށްޓަކައި، މުއައްސަސާތަކުގެ އިސްވެރިންނާއި، އެޑްރެސް އަދި ގުޅޭނެ ނަންބަރުތަކުގެ އިތުރުން މީސްމީޑިއާގެ އެކައުންޓުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަމެއް ލަސްނުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގެވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މިގޮތުން ގެންނަ ބަދަލުތައް ހުށަހެޅުއްވޭނީ ޑިރެކްޓަރީ ވެބްސައިޓުގައިވާ ހާއްސަ ފޯމު ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

މީގެއިތުރުން، ދައުލަތުގެ މުއައްސަސާތަކުގެ ރަސްމީ ލިޔެކިޔުންތަކުގައްޔާއި، ޗާޕުތަކުގައްޔާއި، މައުލޫމާތު ބަލަހައްޓާ ސިސްޓަމްތަކާއި، ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އެ ތަންތަނުގެ ނަންތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވާނީ މި ޑިރެކްޓަރީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

https://wamco.com.mv/
tel:+9607331319