
ދިވެހި ފާމަސިސްޓުން ތަމްރީން ކުރަން އެމްއެންޔޫ އާއި ސްޓޭޓް ފާމަރ އިން މަޝްވަރާކޮށްފި

މުޙައްމަދު ފަޟްލޫން - 28 ޖުލައި 2026 - 14:56
ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމާ ގުޅޭގޮތުން ސްޓޭޓް ފާމާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ފާމަސީ ދާއިރާއިން މީހުން ބިނާކުރުމަށާއި، މި ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނެވެ. އަދި ކިޔަވާ ނިމިގެން ވަޒީފާގެ މާހައުލަށް ނުކުންނަ ފަރާތްތަކަށް ސްޓޭޓް ފާމާގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ކުންފުނީގެ ފާމަސީތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ނިމިދިޔަ މަހު އެކަނިވެސް 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.
މީގެ އިތުރުން، މިހާރުވެސް މި ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، މަޢުލޫމާތު އާކުރުމަށްޓަކައި "ރިފްރެޝަރ ކޯސް" ތަކެއް ހިންގުމަށް ނިންމާފައިވާކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވީއައިއޭގެ އާ ޓާމިނަލްގައި ދަތުރުވެރިން ހިތްފަސޭހަކޮށްލަން އާ ޖާގައެއް ހުޅުވައިފި
2 ގަޑިއިރު ކުރިން

އަންނަ އަހަރުވެސް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދެނީ
2 ގަޑިއިރު ކުރިން

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި
2 ގަޑިއިރު ކުރިން

ފެނަކައިގެ އާ އޮނިގަނޑެއް އެކުލަވައި، މުވައްޒަފުންގެ އަދަދު ކަނޑައަޅަށް އަންގައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)