logo

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި

profile

އާމިނަތު ޝަޒްލާ - 28 ޖުލައި 2026 - 14:13

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ބާއްވާ ޚާއްޞަ މަގުމަތީ ހިނގާލުން، މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

https://wamco.com.mv/

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާގޮތުގައި، މި ހިނގާލުން ކުރިއަށްދާނީ މާދަމާ ހަވީރު 16:30 ގައެވެ. މި ހިނގާލުމުގައި އެމްއެންޑީއެފްގެ ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނޭކަމަށް އެ އިދާރާއިން ބުނެއެވެ.

މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ އެކި ކޯރތަކާއި، ތަފާތު ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ހުޅުމާލޭގައި ކުރިއަށް ގެންދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ. މި ހިނގާލުމުގެ ތެރެއިން ދެ ސަރަހައްދަކަށް މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅުމަށް ވަނީ ރޭވިފައެވެ. އެ ސަރަހައްދުތަކަކީ:

  • ސެންޓްރަލް ޕާކް (ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ކަންމަތި)
  • ސިފްކޯ ފުލެޓް (ރީތިގަސްމަގާއި އަސުރުމާހިނގުން ގުޅޭ ކަންމަތި)

ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވަމުން އަންނަ މި ޕެރޭޑަކީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، ގިނަ ބަޔަކު އިންތިޒާރުކުރާ ހަރަކާތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk