logo
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް---

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް---

ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ބިލެއް

profile

ޖިނާން ޙުސައިން ޖަބީން - 20 އޮކްޓޯބަރު 2026 - 12:57

ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކާއި، އެއާ ގުޅުންހުރި ހިދުމަތްތަކުން ޖީއެސްޓީ ނެގުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފިއެވެ.

https://wamco.com.mv/

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. މި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއިން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އޮފްޝޯ ބުކިންގ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނަގަން ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ކުރިން އަންދާޒާކޮށްފައި އޮތް ގޮތުގައި މި ޓެކުހުގެ ސަބަބުން ދައުލަތަށް 1،608.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، މި ބިލު ތަންފީޒުކުރާ ހިސާބުން ފެށިގެން އެ އާމްދަނީ ދައުލަތަކަށް ނުލިބޭނެއެވެ.

ބޭރުގެ އޮޕަރޭޓަރުންގެ އަތުން ނަގާ ޓެކްސް ކަނޑާލުމުގެ އިތުރުން، ޓެކްސް ނުދައްކައި އެއްކިބާވާ ފަރާތްތަކާ މެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މުހިންމު މަގުސަދެކެވެ.

އެގޮތުން، އެއްވެސް ފަރާތަކުން ޓެކްސް ދެއްކުމުން ރެކުމުގެ ނިޔަތުގައި ނުވަތަ ޓެކުހާ ގުޅޭ ނާޖާއިޒު މަންފާއެއް ހޯދުމަށް މުއާމަލާތެއް ހިންގާފައިވާ ކަމަށް ބެލެވޭ ހާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެފަދަ ހާލަތްތަކުގައި، އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުއާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ ފުރިހަމަ ބާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް މި ބިލުން ލިބިދެއެވެ. މީގެއިތުރުން، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކުރުމާއި، ދައްކަންޖެހޭ މުއްދަތު ފަސްކުރުން ފަދަ ކަންކަމަކީ ޓެކުހުގެ ނާޖާއިޒު މަންފާގެ ގޮތުގައި ބެލެވޭނެ ހާލަތްތައް ކަމަށް ވެސް ތަފުސީލުކޮށްދީފައިވެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނަށް މި ބަދަލުތައް ގެނެވޭނީ މަޖިލީހުން ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

https://wamco.com.mv/
tel:+9607331319