logo
ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު  ޑރ އަބްދުﷲ  މުއްތަލިބު

ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު

މަޝްރޫއުތައް ނިންމަން 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ: ޑރ މުއްތަލިބު

profile

މުޙައްމަދު ފަޟްލޫން - 19 އޮކްޓޯބަރު 2026 - 06:49

ގެދޮރުވެރިކަމާއި ބިނާރާ އާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއުތައް ނިންމަން 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހްމަދު ޝަމްހީދު ވަނީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފަށާފައިވާ މަޝްރޫއުތައް ނިންމަން ހަރަދުވާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ބަޖެޓާއި އެ މަޝްރޫއުތައް ކުރިއަށްގެންދަން މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ އަދަދު ހޯދުމަށް ވަޒީރުގެ އަރިހުން ސުވާލު ކުރައްވާފައެވެ.

ޝަމްހީދުގެ ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ މަޝްރޫއުތައް ނިންމަން ލަފާކުރެވޭ ބަޖެޓަކީ 58,831,473,267 ( ފަންސާސް އަށް ބިލިއަން އަށްސަތޭކަ އެއްތިރީސް މިލިއަން ހަތަރުސަތޭކަ ހަތްދިހަ ތިންހާސް ދުއިސައްތަ ފަސްދޮޅަސް ހަތް ރުފިޔާ) ކަމަށެވެ.

މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްލޭނާއެއްގޮތަށް މަޝްރޫޢުތަކަށް ބަޖެޓް ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން. ކަމަށް ވުމާއެކު 2026 ވަނަ އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫޢުއަކަށް ވަކި ވަރެއް ކަނޑައެޅިފައި ނުވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މިވަގުތު ކުރިއަށްދާ އެއަރޕޯޓް އެޅުމުގެ މަޝްރޫއުތަކާއި އެ މަޝްރޫއުތަކުގެ އަދަދާއި އެ މަޝްރޫއުތައް ނިންމަން އިތުރަށް ހަރަދުވާނެ ފައިސާ އާއި ބެހޭ ތަފްސީލުތައް ވެސް ވަޒީރުގެ އަރިހުން އަންގަވައިދިނުމަށް ޑރ ޝަމްހީދު ވަޒީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން މިވަގުތު 5 އެއަރޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެ މަޝްރޫއުތައް ނިންމަން ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ހަރަދުވާނެ ކަމަށް ނުބެލެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ލ އަތޮޅު އިސްދޫ ކަލައިދޫ އެއަރޕޯޓްގެ މަޝްރޫއު އަދި ކޮންޓްރެކްޓް ކުރެވިފައިނުވާތީ އެމަޝްރޫއަށް 600 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައި ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319