
ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް ޢައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

މުޙައްމަދު ފަޟްލޫން - 19 އޮކްޓޯބަރު 2026 - 13:56
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ސ. ހުޅުދޫ، ބަގީޗާގެ، އަހްމަދު ޝަފްނީޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި ހިނގާ މަހުގެ 5 ވަނަ ދުވަހު މަޖިލީހަށް ތިން ބޭފުޅެއްގެ ނަންފުޅު ފޮނުއްވިއެވެ.
އެބޭފުޅުންގެ ތެރެއިން، މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ކުރިއަށްގެންދިޔަ ދިރާސާ އަދި އިންޓަވިއު މަރުޙަލާއިން އެންމެ މަތީ މާކްސް ހޯއްދެވީ ޝަފްނީޒެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ނެގުނު ވޯޓުގައި، ޝަފްނީޒް އެ މަގާމަށް ޢައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
މިހާތަނަށް މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދެވި ޝަފްނީޒް މި މަގާމަށް ޢައްޔަންކުރަން ނިންމެވިއިރު، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ އިޞްލާޙުތަކަށް ބައިނަލްއަޤްވާމީ އިތުބާރު އެބައޮތް: މާލީ ވަޒީރު
7 ގަޑިއިރު ކުރިން

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސް ކަމަށް ޒާޔާ ވާދަކުރައްވަނީ
7 ގަޑިއިރު ކުރިން

ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ޤާއިމުކުރުމުގެ އެއްބަސްވުމެއް!
8 ގަޑިއިރު ކުރިން

އިމިގްރޭޝަނުން 3 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި
8 ގަޑިއިރު ކުރިން


