
ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ޤާއިމުކުރުމުގެ އެއްބަސްވުމެއް!

އާމިނަތު ޝަޒްލާ - 19 އޮކްޓޯބަރު 2026 - 14:05
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން 15 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް (ސޯލާ ޕީވީ ސިސްޓަމް) އަދި 15 މެގަވޮޓް-އަވަރ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ރާއްޖޭގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެމްއޯޔޫގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޙުސައިން އަގީލް ނަސީރެވެ. އަދި ޒެޖިއަންގް ޗިންގްޓިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް މިސްޓަރ ޑޮންގްޓިންގ ހޭ އެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ އިޞްލާޙުތަކަށް ބައިނަލްއަޤްވާމީ އިތުބާރު އެބައޮތް: މާލީ ވަޒީރު
7 ގަޑިއިރު ކުރިން

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސް ކަމަށް ޒާޔާ ވާދަކުރައްވަނީ
7 ގަޑިއިރު ކުރިން

އިމިގްރޭޝަނުން 3 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި
8 ގަޑިއިރު ކުރިން

އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
8 ގަޑިއިރު ކުރިން


