
ފާތިމަތު ޒަހިއްޔާ ( ޒާޔާ ) - ފޮޓޯ
އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސް ކަމަށް ޒާޔާ ވާދަކުރައްވަނީ

ރިޟްވާން މޫސާ - 19 އޮކްޓޯބަރު 2026 - 15:04
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ޤައުމީ މަޖިލިސް އިންތިޚާބުގައި، އެ ޕާޓީގެ އަންހެނުންގެ ރޫޙުގެ ރައީސް ކަމުގެ މަގާމަށް ފާތިމަތު ޒަހިއްޔާ (ޒާޔާ) ވާދަކުރައްވަން ނިންމަވައިފިއެވެ.
ޒާޔާ މިކަން ހާމަކުރައްވާފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް އާންމުކުރެއްވި މެސެޖެއްގައެވެ.
އެމްޑީޕީގެ އަންހެން މެންބަރުންނާ މުޚާތަބުކުރައްވައި ޒާޔާ ވިދާޅުވީ، ޕާޓީގެ އަންހެން މެންބަރުން އޭނާއަށް ކުރައްވާ އިތުބާރާއި ބަހައްޓަވާ ގާތްކަމަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އަންހެނުންގެ ރޫޙުގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވި މައިގަނޑު ސަބަބަކީ ސިޔާސީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ކޮންމެ އަންހެން މެންބަރެއްގެ އަޑަކީ އަގުވަޒަންކުރެވޭ އަދި އެކަނބަލުންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ބަޔަކަށް ހެދުމަކީ އޭނާގެ މުހިންމު އަމާޒެއް ކަމުގައި ޒާޔާ ފާހަގަކުރެއްވިއެވެ.
ޒާޔާ ވަނީ ކުރިއަށް އޮތް މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި، އެމްޑީޕީގެ އެންމެހައި އަންހެން މެންބަރުން އޭނާއާއެކު ހިތާއި ހިތް ގުޅާލައި، ތާއީދާއި އެހީތެރިކަން ދެއްވުމަށް ލޯތްބާއެކު އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ފޯރިއާއި ވާދަވެރިކަން ބޮޑު އިންތިޚާބުތަކަކަށް ވާއިރު، ޕާޓީގެ އަންހެނުންގެ ރޫޙަކީ އެ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރާ ގުނަވަނެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ އިޞްލާޙުތަކަށް ބައިނަލްއަޤްވާމީ އިތުބާރު އެބައޮތް: މާލީ ވަޒީރު
7 ގަޑިއިރު ކުރިން

ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ޤާއިމުކުރުމުގެ އެއްބަސްވުމެއް!
8 ގަޑިއިރު ކުރިން

އިމިގްރޭޝަނުން 3 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި
8 ގަޑިއިރު ކުރިން

އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
8 ގަޑިއިރު ކުރިން


