
އެލްޖީއޭ
އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 19 އޮކްޓޯބަރު 2026 - 13:57
އެލްޖީއޭގެ ބޯޑު މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މި މަގާމަށް އެދި ހުށަހަޅާ ފޯމު އެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މިއަދުން ފެށިގެން ނޮވެންބަރު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ފޯމު ބަލައިގަންނަމުންދާނެއެވެ.
މީގެ އިތުރުން، މި ހިނގާ މަހުގެ 31 ވަނަ ދުވަހު އެލްޖީއޭގެ ބޯޑުގެ އިންތިހާބީ ދެ މަގާމަކަށް މެންބަރުން އިންތިހާބު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ބޯޑަށް އިންތިހާބު ކުރެވޭ ދެ މެންބަރުންނަކީ ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.
އެލްޖީއޭގެ ބޯޑަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި، ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ އިތުރުން ޖެންޑަރ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މަދަނީ ޖަމުއިއްޔާ އަދި މާލީ ދާއިރާ ތަމްސީލުކުރާ ބޭފުޅުންނާއި، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިންތިހާބުކުރާ ދެ މެންބަރުން ހިމެނޭހެން އެކުލަވައިލެވޭ ބޯޑެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ އިޞްލާޙުތަކަށް ބައިނަލްއަޤްވާމީ އިތުބާރު އެބައޮތް: މާލީ ވަޒީރު
7 ގަޑިއިރު ކުރިން

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސް ކަމަށް ޒާޔާ ވާދަކުރައްވަނީ
7 ގަޑިއިރު ކުރިން

ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ޤާއިމުކުރުމުގެ އެއްބަސްވުމެއް!
8 ގަޑިއިރު ކުރިން

އިމިގްރޭޝަނުން 3 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި
8 ގަޑިއިރު ކުރިން


