
އިމިގްރޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން 3 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 19 އޮކްޓޯބަރު 2026 - 13:57
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ކެފޭތަކަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 22 ބިދޭސީއެއްގެ ވިސާއާއި ލިޔެކިޔުންތައް ޗެކްކޮށް އިމިގްރޭޝަނުންވަނީ ސުވާލުކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ތިން މީހަކު ރާއްޖޭގައި މަސައްކަތް ކުރަމުންދިޔައީ ގަވާއިދާ ހިލާފަށްކަން ކަށަވަރުވުމާ ގުޅިގެން، އެ މީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަގްސަދުގައި އިމިގްރޭޝަނުން މިހާރު ދަނީ ސިލްސިލާކޮށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
މި އޮޕަރޭޝަންތަކުގައި މާލެ އާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ޗެކް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށް ދާހިލީ ސަލާމަތާއި ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ އިޞްލާޙުތަކަށް ބައިނަލްއަޤްވާމީ އިތުބާރު އެބައޮތް: މާލީ ވަޒީރު
7 ގަޑިއިރު ކުރިން

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސް ކަމަށް ޒާޔާ ވާދަކުރައްވަނީ
7 ގަޑިއިރު ކުރިން

ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ޤާއިމުކުރުމުގެ އެއްބަސްވުމެއް!
8 ގަޑިއިރު ކުރިން

އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
8 ގަޑިއިރު ކުރިން


