logo

އެމްޑީޕީގެ ކޮންގްރެސް އޮބްޒާވްކުރަން ފުރުސަތު ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 17 އޯގަސްޓު 2026 - 23:32

އެމްޑީޕީގެ ކޮންގްރެސް އޮބްޒާވްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު ބާއްވާއިރު އެ ޕާޓީ އިން ދަނީ ކޮންގްރެސް އޮބްޒާވް ކުރުމުގެ ފުރުސަތު ވީހާވެސް ފަރާތްތަކަށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީގެ ކޮންގްރެސް 2026 ގައި ވިޔަފާރިތަކާއި އެންޖީއޯ ތަކާއި ކްބަލްތަކާއި މިޔުޒިކް ގްރޫޕްތަކާއި އެހެނިހެން ޖަމްއިއްޔާތަކަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވޭނެ ކަމަށް އެޕާޓީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ހުށަހެޅި ފައިސާ ކުރެވޭ އަދި މާލީ ގޮތުން ފައިދާ ކުރާނެ 100 އަށް ވުރެ ގިނަ ޕްރޮޖެކްޓްތަކާއެކު އިންވެސްޓްމެންޓް ފޯރަމް އެއްވެސް ކޮންގްރެސްގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ދެން އަންނަން އޮތް އެމްޑީޕީގެ ސަރުކާރާއި ލޯކަލް ކައުންސިލްތަކާ އެކު ޝައުގުވެރި މައުލޫތަކަށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީ އިން ވަނީ ކޮންގްރެސްގެ ހަރަކާތްތައް ކުރިއަށްދާނެ ގޮތުގެ ޓައިމްލައިން އެއް މީގެ ކުރިން ޕާޓީގެ ވެބްސައިޓްގައި ހިއްސާކޮށްފައެވެ.

އެމްޑީޕީން ވަނީ ކޮންގްރެސްގައި 1200 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ،

https://wamco.com.mv/
tel:+9607331319