logo

ރައްޔިތުންގެ ބައްދަލުވުންތަކަށް ކުރި ހަރަދުތަކާއި ގުޅުވައިގެން ފަތުރަނީ ދޮގު ހަބަރެއް: އާޒިމް

profile

މުޙައްމަދު ފަޟްލޫން - 18 އޯގަސްޓު 2026 - 08:51

މާލެ ސިޓީ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ބާއްވަން މިލިއަނުން ހަރަދުކުރިކަމަށް ބުނެ ފަރުތަމުންދަނީ ދޮގު ހަބަރުތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އާޒިމްގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދުތަކާއި ގުޅުވައިގެން ހަގީގަތާއި ހިލާފަށް ފަތުރަމުންދާ ހަބަރުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

2023 ވަނަ އަހަރުގައި ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ހަރަދު ކުޑަކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު ރައްޔިތުންގެ އާއްމު ބައްދަލުވުންތައް ބާއްވަން ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން 2026 ގެ ފެބްރުއަރީ މަހުގެ ބައްދަލުވުމަށް 567،839.35 ރުފިޔާ އަދި ޖުމްލަ ބައްދަލުވުމަށް ހަރަދުވެފައިވަނީ 585،137.34 ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ ދެ ބައްދަލުވުުގެ ހަރަދުވެސް ކުރިއަށްވުރެ ކުޑަކުރެވިފައިވާކަން ފާހަގަކުރައްވައި ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުހީ އަޅާފައިވަނީ މުޅި އަހަރުގެ ހަރަދަކީ އެންމެ ބައްދަލުވުމުގެއްގެ ހަރަދުކަމަށް ދޭހަވާ ގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ހަގީގަތެއް ނެތް ދޮގު މައުލޫމާތު ނުފެތުރުމާއި ހަބަރު ފެތުރުމުގައި ޒިންމާދާރުވެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319