logo

ސިޔާސީ ފިކުރަން ބަލައިގެން ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކި ނުކުރާނެ: މާލީ ވަޒީރު

profile

މުޙައްމަދު ފަޟްލޫން - 18 އޯގަސްޓު 2026 - 06:19

ސިޔާސީ ފިކުރަށް ބަލައިގެން ސަރުކާރު ކުންފުނިތަކުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ނިސްބަތްވާ ސިޔާސީ ޕާޓީ އާއި ގެންގުޅޭ ސިޔާސީ ފިކުރު ނުވަތަ ފާޅުކުރާ ހިޔާލާއި ގުޅިގެން ވަޒީފާއިން ވަކިކުރުމަކީ މިސަރުކާރުން ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށެވެ.

ސިޔާސީ ފިކުރާއި ފާޅުކުރާ ހިޔާލަކާއި ގުޅިގެން ވަޒީފާއިން ވަކިކުރަން ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް އަންގާފައިނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަރުކާރުގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ކުންފުނިތައް މާލީ އަދި ހިންގުން ދެމެހެއްޓެނިވި ގޮތެެއްގައި ހިނގާކަން ކަށަވަރުކުރުމަކީ މާލީ ވުޒާރާގެ ޒިންމާއެއް ކަން ފާހަގަކޮށް އެ މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

2018 ވަނަ އަހަރު ނިމުނު އިރު ސަރުކާުރު ކުންފުނިތަކުގައި 18،676 މުވައްޒަފުން ތިބި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ވޭތުވެދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި އެ އަދަދު އިތުރުވެ 2023 ވަނަ އަހަރު ނިމުނު އިރު އެ އަދަދު 36،729 އަށް އަރާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ސަރުކާރު ހިސްސާވާ ކުންފުނިތަކަށް 18،053 މުވައްޒަފުން ނަގާފައިވާ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނެގީ 4،938 މުވައްޒަފުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319